Ad
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އައި ފަތުރުވެރިންތަކެއް
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އައި ފަތުރުވެރިންތަކެއް

ދުނިޔޭގެ އެންމެ މަޤްބޫލު ފަތުރުވެރި މަންޒިލްގެ އެވޯޑާއެކު ރާއްޖޭގެ ފަތުރުވެރިކަން އިޢާދަވަނީ!

ފަތުރުވެރިކަމުގެ ދާއިރާއިން ދެވޭ ބައިނަލް އަޤްވާމީ ފެންވަރުގެ އެންމެ ޝަރަފުވެރި އެވޯޑުކަމުގައިވާ "ވާރލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް 2020" ރާއްޖެއިންވަނީ ހާޞިލުކޮށްފައި

މުޅި ދުނިޔޭގައިވެސް ހަލުވިކަމާއެކު ފެތެރެމުން އައިސްފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އެއްކޮށް ހުއްޓުމަކަށް ދިއުމަށްފަހުގައި ފަތުރުވެރިކަން އަލުން ފެށިފައި ވާއިރު، ފާއިތުވެދިޔަ ނޮވެމްބަރު މަހުގައި ރާއްޖެއައި ފަތުރުވެރިންގެ ޢަދަދު ބޮޑުތަނުން އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް އިޢާދަވާން ފަށައިފިކަމަށް، ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓްވީޓެއްގައި އެފަދައިން ވިދާޅުވެ އިތުރަށް ހާމަކޮށްފައި ވާގޮތުގައި، ފާއިތުވެދިޔަ ނޮވެމްބަރު މަހުގައި ރާއްޖެ އައި ޓޫރިސްޓުންނަށް ބަލާއިރު މި މުއްދަތުގައި ބައެއް ޤައުމުތަކުން ފަތުރުވެރިން އައިސްފައިވާ މިންވަރު، 2019 ވަނަ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވެފައި ވެއެވެ. އެގޮތުން، ދުނިޔޭގެ ނިސްބަތުންވެސް ފަތުރުވެރިކަމުގެ ބޮޑު މާކެޓެއްކަމުގައިވާ ރަޝިއާއާއި، މިޞްރުގެ އިތުރުން، ބްރެޒިލާއި، ކަޒަކިސްތާނު އަދި ޔޫކުރެއިން އިން ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ޢަދަދުވެސް އިތުރުވެފައިވާކަމަށް މިނިސްޓަރ މަޢުޞޫމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

"އުންމީދަކީ. ޑިސެމްބަރ 16 ގެ ނިޔަލަށް 100000 ފަތުރުވެރިންގެ އަމާޒަށް ވާޞިލުވެވުން. އަދި، ޑިސެމްބަރު 25 ގެ ނިޔަލަށް، މިއަހަރަށް އަންދާޒާކުރި (ޖުމްލަ) 500000 ފަތުރުވެރިންގެ އަމާޒަށް ވާޞިލުވެވުން."

މިއަހަރުގެ ބާކީ އޮތް މުއްދަތަށް ކަނޑައަޅުއްވާފައިވާ އުންމީދީ އަމާޒުތައް ބަޔާންކޮށްދެއްވަމުން، ފަތުރުވެރިކަމާބެހޭ ވަޒީރު ޑޮކްޓަރ މަޢުޞޫމް، އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމުގެ ކުރިން، މިއަހަރު ރާއްޖެ އައިސްފައިވާ ޓޫރިސްޓުންގެ ޢަދަދު 400000 އާ ކައިރިކުރާ ހިނދު، މިނިސްޓަރު މަޢުޞޫމްގެ ޓްވީޓުގައި ވިދާޅުވެފައިވާ 100000 ފަތުރުވެރިންނަކީ، ބޯޑަރު ހުޅުވުމަށްފަހުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދުކަމަށް ބެލެވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލް އަޤްވާމީ ފެންވަރުގައި ދެވޭ އެންމެ މަޤްބޫލު އެވޯޑްސްް، "ވާރލްޑް ޓްރަވެލް އެވޯޑްސް" ގެ އެންމެ ޝަރަފްވެރި އެވޯޑް، "ވާރލްޑްސް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް 2020″ ފާއިތުވެދިޔަ ހުކުރު ދަވު ވަނީ ރާއްޖެއަށް ލިބިފައެވެ. މި އެވޯޑް ރާއްޖެއަށް ލިބިފައި މިވަނީ، ދުނިޔޭގެ މުއްސަނދި ޤައުމުތައް ކަމުގައިވާ ޑުބާއީ އާއި މެލޭސިއާ އަދި ސްޕެއިން އާ ވާދަކޮށް އެޤައުމުތަކުގެ މައްޗަށް ކުރިހޯދައިގެންނެވެ. ސަރަޙައްދީ ޤައުމުތަކަމުގައިވާ މޮރިޝަސްއާއި ސްރީލަންކާއިންވެސް މިއެވޯޑަށް ރާއްޖެއާ ވާދަކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *