Ad
ޗައިނާ އަދި އެމެރިކާގެ ގުޅުން ރަމްޒުކޮށްދިނުމަށް ހަރަކާތެއްގެ ތެރެއިން ދެ ޤައުމުގެ ދިދަ ބެހެއްޓިފައި -: ފޮޓޯ އޭޕީ
ޗައިނާ އަދި އެމެރިކާގެ ގުޅުން ރަމްޒުކޮށްދިނުމަށް ހަރަކާތެއްގެ ތެރެއިން ދެ ޤައުމުގެ ދިދަ ބެހެއްޓިފައި -: ފޮޓޯ އޭޕީ

ޕްރޮޕަގެންޑާ "ހަތިޔާރުތަކެއް" ކަމަށް ބުނެ، ޗައިނާ އާއެކު ކުރިއަށް ގެންދާ ޘަޤާފީ ފަސް ޕްރޮގްރާމެއް އެމެރިކާ އިން ހުއްޓާލައިފި!

ތަޢުލީމާއި ޘަޤާފަތް ނުވަތަ ތަފާތު ދާއިރާގެ ތަޖުރިބާ ހިއްސާކޮށް ބަދަލުކުރުމުގެ ނަމުގައި ޤައުމުތަކަށް ނުފޫޒު ފޯރުވަމަކީ، އަދުގެ ކުރިއަރާފައިވާ ދުނިޔޭގައި ފިނި ހަނގުރާމަތަށް ކާމިޔާބުކުރުމުގައި ބޭނުންކުރެވޭ ޒަމާނީ ކާމިޔާބު "ބަރު ހަތިޔާރެއް" ކަމަށް، ކަމުގެ މާހިރުންނާއި ފަންނުގެ ބުއްދިވެރިން ބުނަމުން ގެންދެއެވެ. 

"ޕްރޮޕަގެންޑާ ހަތިޔާރު" ތަކެއްކަމަށް ބުނެ، ޗައިނާ އާއެކު ކުރިއަށްގެންދާ ފަސް ޘަޤާފީ ޕްރޮގްރާމެއް ހުއްޓާލުމަށް ނިންމާފައި ވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުދަ ދުވަހު ހާމަކޮށްފިއެވެ.

އެއްބައަކު އަނެއްބައަކާ ތަޢުލީމާއި ޘަޤާފަތް ހިއްސާކޮށް ބަދަލުކުރުމުގެ ފުރުޞަތު ލިއްބައިދޭ ޤާނޫނެއްގެ ދަށުން، އެމެރިކާ އިން ދަނީ ޗައިނާ އާއެކު ތަފާތު އެފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވެ، އެ ދެޤައުމުގެ މެދުގައި ތަޢުލީމާއި ޘަޤާފަތް ހިއްސާކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަމުންނެވެ.

އެ ޕްރޮފްރާމްތަކުގެ ތެރެއިން ފަސް ޕްރޮގްރާމަކާ މެދު އެމެރިކާ އިން ސުވާލު އުފައްދައި ތުހުމަތުތަކާއެކު ހުއްޓާލުމަށް ނިންމި ފަސް ޕްރޮގްރާމަކީ، އެ ޕްރޮގްރާމްތަކަށް ބޭނުންވާ އެންމެހައި މާލީ އެހީތެރިކަން ޗައިނާ އިން ސްޕޮންސަރކޮށްގެން އެ ޤައުމުން ރާވައި ހިންގައި ކުރިއަށްގެންދާ ފަސް ޕްރޮގްރާމްކަމަށާއި، އެ ޕްރޮގްރާމްތަކަކީ ޗައިނާގެ ޕްރޮޕެގެންޑާ އެމެރިކާގައި ފެތުރުމަށް ޗައިނާއިން ބޭނުންކުރާ "ލުއި ހަތިޔާރު" ތަކެއްކަމަށް، އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯގެ ބަޔާނުގައި ބުނެފައި ވެއެވެ.

ތަޢުލީމާއި ޘަޤާފަތް ނުވަތަ ތަފާތު ދާއިރާގެ ތަޖުރިބާ ހިއްސާކޮށް ބަދަލުކުރުމުގެ ނަމުގައި ޤައުމުތަކަށް ނުފޫޒު ފޯރުވަމަކީ، އަދުގެ ކުރިއަރާފައިވާ ދުނިޔޭގައި ފިނި ހަނގުރާމަތަށް ކާމިޔާބުކުރުމުގައި ބޭނުންކުރެވޭ ޒަމާނީ ކާމިޔާބު "ބަރު ހަތިޔާރެއްކަމަށް، ކަމުގެ މާހިރުންނާއި ފަންނުގެ ބުއްދިވެރިން ބުނަމުން ގެންދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *