Ad
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލި މީހަކަށް ފަރުވާދެނީ. ފޮޓޯ:އެޗް.އީ.އޯސ.ީ
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ބަލި މީހަކަށް ފަރުވާދެނީ. ފޮޓޯ:އެޗް.އީ.އޯސ.ީ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ޖެނުއަރީ 4 ގެ ނިޔަލަށް އިތުރުކޮށްފި

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ޖެނުއަރީ މަހުގެ 4 ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ސޮއިކުރައްވާ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުުރުކުރީ ރާއްޖޭގައި ފމިބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން ކަމަށެވެ.

އަދި 12 މާރޗުގައި އިއުލާންކުރި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށްވެސް މިބަޔާނުގައިވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގައި އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، މާރޗް މަހުގެ 12 ގައެވެ. އަދި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމުގެ ގޮތުން މިހާތަނަށް 9 ފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައިވެއެވެ.

މިއަދުވެސް ރާއްޖެއިން 16 މީހުން ބައްޔަށް ޕޮޒިޓިވްވިއިރު، ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދުވަނީ 13،159 އަށް އިތުރުވެފައެވެ. މީގެތެރެއިން މިހާރު ބައްޔަށް ފަރުވާކުރަނީ 848 މީހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *