Ad
ފްރާންސްގައި ކުރިއަށްދާ މުޒާހަރާގައި ޕެރިހުގެ މަގެއްގެމަތީ ހުރި އުޅަނދުތަކެއްގައި މުޒާހަރާގެ ބައިވެރިން ރޯކޮށްލާފައި -: ފޮޓޯ: ރޮއިޓަރސް
ފްރާންސްގައި ކުރިއަށްދާ މުޒާހަރާގައި ޕެރިހުގެ މަގެއްގެމަތީ ހުރި އުޅަނދުތަކެއްގައި މުޒާހަރާގެ ބައިވެރިން ރޯކޮށްލާފައި -: ފޮޓޯ: ރޮއިޓަރސް

ފްރާންސްގައި ކުރަމުން ދިޔަ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެއްޖެ

ރައީސް މެކްރޮންގެ ސަރުކާރުން މިހާރު ޑްރާފްޓްކޮށް ފާސްކުރުމަށް މަސައްކަތްކުރަމުންދާ "ސެކިޔުރިޓީ ބިލް" ވެގެން ގޮސްފައިވަނީ ޢާންމުންގެ ރުޅިވެރިކަން އިތުރުކުރުވި ސަބަބަކަށެވެ. 

ފްރާންސްގެ ވެރިރަށް ޕެރިހުގައި އެތައް ހާސް ބަޔަކު ނުކުމެ ކުރަމުންދިޔަ މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވެ، މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައަކު އިއްޔެ ފިހާރަތަކަށް ގެއްލުންދީ ވެހިކަލްތަކުގައި ރޯކޮށް ފުލުހުންނާ ކުރިމަތިލައިފިއެވެ.

ފްރާންސްގެ ފުލުހުންތަކެއް އަނިޔާ ކުރުމުގެ ސަބަބުން ކަޅު ނަސްލުގެ މީހަކު ފާއިތުވެދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މަރުވުމާ ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ ފަރާތުން އުފެދިގެން އައި ނުރުހުންތެރިކަން އިތުރުވެ ބޮޑެތި މުޒާހަރާތަކަށް ބަދަލުވެގެން ގޮސްފައިވާ ތަން މިހިނދު ދެހަފްތާ ފާއިތުވެ ގޮސްފައި ވާއިރު، ރައީސް މެކްރޮންގެ ސަރުކާރުން މިހާރު ޑްރާފްޓްކޮށް ފާސްކުރުމަށް މަސައްކަތްކުރަމުންދާ "ސެކިޔުރިޓީ ބިލް" ވެސް ވެގެން ގޮސްފައިވަނީ ޢާންމުންގެ ރުޅިވެރިކަން އިތުރުކުރުވި ސަބަބަކަށެވެ.

ފްރާންސްގެ ވައަތު ފިޔައިގެ ޖަމާޢަތްތަކުންވެސް ވާގިދޭ މި މުޒާހަރާތަކުގައި ޢާންމުން ބުނަމުންގެންދަނީ، މިހިނދުވެސް ފުލުހުންގެ ފުށުން ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ދެމުންދާ ހާދިސާތައް ހިނގަމުންދާއިރު، ފުލުހެއްގެ މޫނު ފެންނަ ފޮޓޯއެއް އިޖްތިމާޢި މަންސައެއްގައިވެސް ހިއްސާކޮށްލި މީހަކަށްމެ ހަރުކަށި އަދަބު ދެވޭގޮތަށް ޤާނޫނެއް އެކުލަވާލުމަށް ރައީސް މެކޮރޮން މަސައްކަތް ކުރަށްވަނީ، ރައްޔިތުންގެ މަދަނީ އެތަކެއް ހައްޤުތަކެއް ނެތިކޮށް، ވެރިކަމުގެ އާރާއި ބާރު އިތުރުކޮށް، ޚުދުމުޚްތާރު ސިފަތަކައް އެޤައުމުގައި އަށަގެންނެވުމުގެ ބޭނުމުގައި ކަމަށެވެ.

"ފުލުހުންގެ އަނިޔާވެރިކަމަށް ވެކްސިނެއް ލިބޭނީ ކޮންއިރަކުން؟" މިހެން ލިޔެވައިވާ ޕޯސްޓަރެއް މުޒާހަރާގެ ބައިވެރިއަކު ހިފަހައްޓައިގެން -: ފޮޓޯ: އޭއެފްޕީ

އަދި އީރާނާއި ލުބްނާނާއި މިޞްރު ފަދަ އެހެން ޤައުމުތަކުގެ ޑިމޮކްރެސީއާއި އިންސާނީ ޙައްޤުގެ ވާހަކަތަށް މެކްރޮން ދައްކަވާއިރު، އަމިއްލަ ޤައުމުގެ ރައްޔިތުންނަށް އެ ޙައްޤުތަށް ލިބިގެންދިއުމަށް ހުރަސްއެޅުމަށް މަސައްކަތް ކުރެއްވުމުން، މެކްރޮންގެ މުނާފިޤުކަން ނޫން އެހެން އެއްވެސް ކަމެއް ހާމަނުވާކަމަށްވެސް، ހިއުމަން ރައިޓްސް ބައެއް އެކްޓިވިސްޓުންވެސް ބުނަމުން ގެންދެއެވެ.

އުންމަތުގެ ލޮބްވެތި ޙަބީބަށް ފުރައްސާރަކޮށް ފްރާންސްގެ ނޫހަކުން ކުރެހި ކާޓޫނުތަށް އެޤައުމުގެ ސަރުކާރުގެ ޢިމާރާތްތަކުގައި ޕްރޮޖެޓަރު ބޭނުންކޮށްގެން އެޅުވުންފަދަ ކަންކަންވެސް އެޤައުމުގެ ސަރުކާރުން ދާދިފަހުން ކޮށްފައިވެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހިންގި މި ޖަރީމާ އަލުން އައުކޮށް ދިރުވުމުގެ ބޭނުމުގައި އެ ޤައުމުގެ ދަރިވަރުންތަކަކަށް ދެއްކި ޓީޗަރެއްކަމަށް ބުނެވޭ މީހެއް އަނިޔާވެރި ގޮތަކަށް މަޤުމަތީގައި ޤަތުލުކޮށްލެވުނު ހާދިސާއަށްފަހު މެކްރޮން ވަނީ އެޤައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކުރަށްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ފްރާންސުން އަލަށް ފާސްކުރުމަށް މަސައްކަތްކުރާ "ސެކިޔުރިޓީ ބިލް" އަކީވެސް މެކްރޮން ވެވަޑައިގެންފައިވާ މި ވަޢުދުގެ ދަށުން، އިސްވެ ހުންނަވައި ކުރިއަށްގެންދަވާ މަސައްކަތެއްކަން ފަހަގަ ކޮށްލެވެއެވެ.

(ބައިނަލް އަޤްވާމީ ނޫސްތައް)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *