Ad

2023ގެ އައިއޯއައިޖީ އޮންނާނީ މަޑަގަސްކަރާގައި

2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ނިންމި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) މަޑަގަސްކަރައިގައި ބާއްވަން ނިންމައިފި އެވެ.

ގޭމްސް މަޑަގަސްކަރައިގައި ބާއްވަން ނިންމީ ރޭ އޮތް އައިއޯއައިޖީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ރޭ އޮތް ކައުންސިލް ބައްދަލުވުމުގައި ރާއްޖޭން ހުށަހެޅީ 2023 ވަނަ އަހަރުގެ ގޭމްސް 2025 ވަނަ އަހަރަށް ބަދަލުކޮށްދިނުމަށެވެ. އެހެންނަމަވެސް އިތުރު ދެ އަހަރަށް އެ ހަރަކާތް ފަސްނުކޮށް މަޑަގަސްކަރައިގައި ބާއްވަން ފާސްވީ އެ ގައުމުން އެގޮތަށް ހުށަހެޅުމުންނެވެ. މަޑަގަސްކަރައިގައި ބާއްވަން ފާސްވީ އެ ގައުމުން އެގޮތަށް ހުށަހެޅުމުންނެވެ. ކައުންސިލް ބައްދަލުވުމުގައި މަޑަގަސްކަރައިގައި ގޭމްސް ބާއްވަން މެމްބަރު ފަސް ގައުމަކުން ވަނީ ތާއީދުކޮށްފަ އެވެ.

އައިއޯއައިޖީ ބޭއްވުމާ މެދު ރާއްޖޭން ދެ ވަނަ ވިސްނުމަކަށް ދިޔައީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށްވެ މި ދަނޑިވަޅުގައި ކުޅިވަރަށް އެވަރުގެ ހަރަދެއް ކުރުން ރަނގަޅު ނުވާނެކަމަށް ބަލަ އެވެ.

2023 ވަނަ އަހަރުގެ އައިއޯއައިޖީ ބިޑް ރާއްޖޭން ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. ބިޑް ކާމިޔާބުވުމާ އެކު ދިވެހި ސަރުކާރުން އައީ އައިއޯއައިޖީގެ ކުޅިވަރުތަކަށް އަމާޒުކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރަމުންނެވެ.

އާއްމު އުސޫލުން 2027 ގައި ބާއްވާ ގޭމްސް ހޯސްޓްކުރުމުގެ ފުރުސަތު ހޯދަން ވެސް ރާއްޖޭން ވަކާލާތުކުރި އެވެ. ރޭ ބޭއްވި 2023 ގެ ގޭމްސްއާ ބެހޭ ބައްދަލުވުމަކަށް ވާތީ ރާއްޖޭގެ ހުށަހެޅުންތަކާ މެދު ގޮތެއް ނުނިންމަ އެވެ. އެކަމާ ވާހަކަ ދައްކާނީ ފެބްރުއަރީ 14 ވަނަ ދުވަހު ބާއްވާ ބައްދަލުވުމުގަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *