Ad

ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ މުއައްސަސާއަކަށް މިނިސްޓަރ މާރިޔާގެ ޚާއްސަ ޝުކުރެއް

މިނިސްޓްރީ އޮފް ޑިފެންސާއި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މުއައްސަސާތައް ހިންގެވުމާ ހަވާލުވެ ތިއްބެވި ވެރިންނަށާއި ހުރިހާ މުވައްޒަފުންނަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޝުކުރު އަދާކުރައްވައިފިއެވެ.

މިނިސްޓަރ މުއައްސަސާތަކަށް ޝުކުރު އަދާކުރެއްވީ، މިދިޔަ އަހަރު މިނިސްޓްރީ އޮފް ޑިފެންސާއި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ މުއައްސަސާތައް ހިންގާފައިވަނީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާހަގަ ކުރައްވާފައިވާތީއެވެ.

މިނިސްޓްރީ އޮފް ޑިފެންސާއި، މިނިސްޓްރީގެ ދަށުން ހިންގާ 5 މުއައްސަސާއާ ގުޅޭ އެންމެހާ ކަންކަން، މިދިޔަ އަހަރު ހިންގާފައިވަނީ ރަނގަޅަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހާމަކުރެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ ދީދީއަށް، މި މަހުގެ 2 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުއްވި ސިޓީފުޅެއްގައެވެ.

މަޖިލީހުގެ ސިޓީފުޅާ ގުޅިގެން މިނިސްޓަރ މާރިޔާ ވިދާޅުވީ، ހުރިހާ މުއައްސަސާއެއްގެ މަސައްކަތް މިހާ ފުރިހަމަކޮށް ގެންދެވުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެބިނެޓުގެ އެއްބާރުލެއްވުމާ އެކުގައި ކަމަށާއި، އެކަމަށްޓަކައި ރައީސް ޞާލިޙަށާއި ކެބިނެޓަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މަޖިލީހުގެ އަމީން ޢާންމު ސޮއިކުރައްވާ މިނިސްޓަރ މާރިޔާއަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ޤާނޫނު ނަންބަރު 2/68ޖ. (އޮފިޝަލް ކަންތައް ޗެޕްޓަރ 2) ގެ (14) ވަނަ މާއްދާގެ ށ. ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިނިސްޓްރީ އޮފް ޑިފެންސާއި އެ މިނިސްޓްރީގެ ދާއިރާގައި ހިމެނޭ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްއާއެކު އިތުރު 5 މުއައްސަސާއެއްގެ 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ދިރާސާކުރުމަށް 22 ޖަނަވަރީ 2020 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރެއިން އެރިޕޯޓް ބައްލަވައި ދިރާސާކުރެއްވިއިރު، އެރިޕޯޓްގައި މޯލްޑިވްސް ޑިފެންސް ފޯސްއާ ގުޅޭގޮތުން ހިމަނާފައިވާ މައުލޫމާތުތަކާއި ކަންކަމުގެ ތެރެއިން އިޞްލާހްކުރަންޖެހޭ ވަކި ކަމެއް އެކޮމެޓީއަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި އެ މުއައްސަސާގެ ކަންކަން މިދިޔަ އަހަރު ހިންގާފައިވާ ގޮތް ރަނގަޅުކަމަށް އެ ކޮމިޓީއަށް ފާހަގަކުރެވޭ ކަމުގައިވެސް އެ ކޮމިޓީން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *