Ad

އާ ފޯމެޓަށް ބާއްވާ ކުލަބް ވޯލްޑްކަޕް ފަސްކޮއްފި

އާ ފޯމެޓަކަށް 24 ޓީމު ބައިވެރިކޮށްގެން ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ފެށުން މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ފީފާ އިން ބުނެފިއެވެ.

ފީފާ ކައުންސިލް އިން ވަނީ އަންނަ ސީޒަނުގެ ކްލަބް ވޯލްޑް ކަޕް ޖަޕާނުގައި ޑިސެމްބަރު މަސް ތެރޭ މިހާރު ވެސް ބާއްވަމުން އަންނަ ފޯމެޓަށް ކުރިއަށް ގެންދަން ނިންމައިފައެވެ. އާ ފޯމެޓާ އެކު ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ޔޫރަޕްގެ އަށް ޓީމު ކުޅޭނެއެވެ. ދެކުނު އެމެރިކާ އަށް ވަނީ ހަ ޖާގަ ދީފައިވާއިރު، އުތުރު އެމެރިކާ، އޭޝިއާ، އެފްރިކާ އަދި ސެންޓްރަލް/ އުތުރު އެމެރިކާ އިން ކޮންމެ ބައްރަކުން ތިން ޓީމުގެ އިތުރުން އޯޝެނިއާ އިން އެއް ޓީމު ކުޅޭނެއެވެ.

މިހާރު އާދައިގެ ގޮތަކަށް، ހަ ބައްރުގެ ޗެމްޕިއަނުންނާއި މުބާރާތް ބާއްވާ ގައުމުގެ އެއް ޓީމު ކުޅޭގޮތަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ފީފާ އިން ނިންމީ މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނެވެ.

މީގެ 20 އަހަރު ކުރިން 2000 ވަނަ އަހަރު ބާއްވަން ފެށި ކްލަބް ވޯލްޑް ކަޕް މީގެ ކުރިން އަށް ފަހަރެއްގެ މަތިން ވަނީ ޖަޕާނުގައި ބާއްވާފައެވެ. އެންމެ ފަހުން ޖަޕާނުގައި ބޭއްވީ 2016 ވަނަ އަހަރުގައެވެ. ބަދަލުތަކާ އެކު މި މުބާރާތް ބާއްވާނީ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ބަދަލުގައެވެ. ކޮވިޑް-19 އާ ހެދި ފީފާ އިން މި ފަހަރުގެ ކްލަބް ވޯލްޑް ކަޕް ޑިސެމްބަރު މަހު ނުބާއްވައި އަންނަ އަހަރު ފެބްރުއަރީ މަހު 1 އިން 11 އަށް ގަތަރުގައި ބާއްވަން ވަނީ ނިންމައިފައެވެ. އެންމެފަހުން ކުލަބް ވޯލްޑްކަޕް ކާމިޔާބުކުރީ ލިވަޕޫލްއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *