Ad

އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް މެޓާނެޓީ ލީވް ލިބޭ ގަވާއިދެއް ތައާރަފްކޮއްފި

އަންހެން ފުޓްބޯޅަ ކުޅުންތެރިންނަށް ވިހެއުމުން މުސާރަ ލިބޭ ގޮތަށް ޗުއްޓީއެއް (މެޓާނިޓީ ލީވް) ދޭން ޖެހޭ ގޮތަށް ފީފާ އިން ގަވާއިދެއް ތައާރަފްކޮށްފިއެވެ.

އާ ގަވައިދުގެ ތެރޭ ހިމެނޭ މުހިއްމު ކަންތައްތަކަށް ބަލާއިރު އަންހެން ކުޅުންތެރިއަކު ވިހެއުމުން 14 ހަފްތާގެ ޗުއްޓީއެއް ދޭން ޖެހެއެވެ. އަދި ބަނޑުބޮޑުކަން އެނގޭ ހިސާބުން ފެށިގެން ދެން އަމަލުކުރާނެ ގޮތެއް ކޮންޓްރެކްޓްގައި ލިޔެވިފައިވާން ޖެހޭނަކަން ވަނީ އަންގައިފައެވެ. އަދި އެބައި ނުހިމެނޭ ގޮތަށް ހަދާ އެގްރީމެންޓެއް ރަސްމީކޮށް ދެން ބަލައިނުގަންނާނެއެވެ.

ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކު ބަނޑުބޮޑުވުމާ ގުޅިގެން އެ ކުޅުންތެރިއެއްގެ އެއްބަސްވުން ކެންސަލްކުރެވޭނީ ފީފާއާ އެކު މަޝްވަރާކޮށް އޮންނަ އުސޫލުތަކުގެ ތެރެއަށް ފެތޭނަމަ ކަމަށް އާ ގަވާއިދުގައި ވަނީ ހިމަނައިފައެވެ. މެޓާނިޓީ ލީވްގައި ހުންނަ މުއްދަތުގައި ކުޅުންތެރިޔާގެ މުސާރައިގެ ތިން ބައި ކުޅަ ދެ ބައި ހަމަޖައްސަން ޖެހޭނީ ކުޅުންތެރިޔާ ކުޅޭ ޓީމުންނެވެ. އެ ކުޅުންތެރިޔާގެ ބަދަލުގައި އެހެން ކުޅުންތެރިއަކު ސޮއިކުރެވޭގޮތަށް ވަނީ އެމަޖެންސީ ޓްރާންސްފާއެއް ކުރުމުގެ ފުރުސަތު ދީފައެވެ.

މަޝްވަރާތައް ދިގުލައިގެން ދިޔުމަށްފަހު އަންހެން ފުޓްބޯޅަ އަށް މުހިއްމުވެފައިވާ ގަވާއިދު ހުށަހެޅީ މިދިޔަ މަހުއެވެ. ފީފާ ކައުންސިލްގެ މިދިޔަ ހުކުރު ދުވަހުގެ ބައްދަލުވުމުގައި މި ގަވާއިދުވަނީ ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *