Ad
މިދިޔަ ޑިސެމްބަރު މަހުގައި ބޭއްވުނު "ވިޔަވަތި" ކައުންސިލަރސް ކޮންފަރެންސްގެ ތެރެއިން ، ރައީސް ޞާލިޙް އަދި ރައީސް ނަޝީދު -: ފޮޓޯ: ސަން

ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ވެރިކަމުގެ ނިޒާމު ބަދަލެއް ނުކުރެވޭނެ: ރައީސް މައުމޫން

"އަޅުގަނޑު ހިތުން މިވާހަކަތަށް އަޅުގަނޑު ހަޤީޤަތުގައި ފުރަތަމަ މަޝްރަވާރާކުރާނީ އަޅުގަނޑު ސިޔާސީ ކަންކަމުގައި އަބަދުވެސް އެންމެ ފުރަތަމަ މަޝްވަރާކުރާ ބޭފުޅާ އާ، ވަރަށް ދުވަސް ވެއްޖެ. އެއީ މިހާރު ރައީސުލް ޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ" ރައީސް ނަޝީދު

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއްކަމަށް ވީހިނދު، ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ވެރިކަމުގެ ނިޒާމު ބަދަލު ނުކުރެވޭނެކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ޢާންމު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގި، ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް 2007 ވަނަ އަހަރުގައި ރައްޔިތުން ނިންމިއިރު ރައީސުލް ޖުމްހޫރިއްޔާކަންވެސް ކުރަށްވަމުން ގެންދެވި ރައީސް މައުމޫނު މިއަދު ހެނދުނުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވި ނަމަވެސް، އެ "ދެފަރާތަކީ" ކޮބައިކަމެއް އެ ޓްވީޓުގައި ހާމަކުރަށްވާފައެއް ނުވެއެވެ.

އެހެންނަމަވެސް، އަންނަ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށް ހުށައަޅުއްވާނަންތޯ "އާސްކް ސްޕީކަރ" ޕްރޮގްރާމުގެ ރޭގެ އެޕިސޯޑުގައި ޢާންމު ރައްޔިތަކު ކުރި ސުވާލަކަށް ރައީސް ނަޝީދު ދެއްވި ޖަވާބުގައި؛

"ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރަނގަޅު ވަގުތަކީ ކޮބާތޯ، އެއީ 2023 ވަނަ އަހަރުތޯ ނުވަތަ އޭގެ ކުރިއަށް ކުޑަތަންކޮޅެއް ލާފަތޯ، އަޅުގަނޑު ހިތުން އަޅުގަނޑު މިސުވާލު، މިވާހަކަތަށް އަޅުގަނޑު ހަޤީޤަތުގައި ފުރަތަމަ މަޝްރަވާރާކުރާނީ އަޅުގަނޑު ސިޔާސީ ކަންކަމުގައި އަބަދުވެސް އެންމެ ފުރަތަމަ މަޝްވަރާކުރާ ބޭފުޅާ އާ، ވަރަށް ދުވަސް ވެއްޖެ. އެއީ މިހާރު ރައީސުލް ޖުމްހޫރިއްޔާއަކަށް އެބޭފުޅާ ހުންނެވީ"

މިހެން ވިދާޅުވެފައި ވުމުން، ރައީސް މަައުމޫންގެ ޓްވީޓުގައި އެ އިޝާރާތް ކުރަށްވާފައިވާ "ދެފަރާތަކީ"، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް ނަޝީދު ކަމަށް ޤަބޫލުކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *