Ad
މާލޭ ސިޓީ މަގެއްގެމަތިން ކާރެއްގައި އުފުލެނިކޮށް ފުލުހުން މިއަދު ހަވީރު އަތުލައިގަތް މަސްތުވާތަކެއްތި އެކާރުގެ ތެރޭގައި -: ފޮޓޯ: ޕޮލިސް
މާލޭ ސިޓީ މަގެއްގެމަތިން ކާރެއްގައި އުފުލެނިކޮށް ފުލުހުން މިއަދު ހަވީރު އަތުލައިގަތް މަސްތުވާތަކެއްތި އެކާރުގެ ތެރޭގައި -: ފޮޓޯ: ޕޮލިސް

ފުލުހުން ބުނެދޭންވީ ހަތްދިހަ ކިލޯގެ "ހަކުރު" މާލޭ މަގުމައްޗާއި ހަމައަށް އައީ ކޮން ދޮރޯއްޓަކުން އެތެރެވެގެންތޯ؟: އަލްހާން

"ޝަރުޢީ ދާއިރާގައި ހުރި އުނިކަންކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ހުރަސްތައް ކުރިމަތިވީ ނަމަވެސް، މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމުގައި ފުލުހުން ފަހަތަކަށް ނުޖެހޭނެ" ކޮމިޝަނަރ އޮފް ޕޮލިސް 

ފުލުހުން ބުނެދޭންވީ 71 ކިލޯގެ ހެރޮއިން (ހަކުރު) މާލޭ މަގުމައްޗާ ހަމައަށް އައީ އެތަކެތި ރާއްޖޭގެ ކޮން ދޮރޯއްޓަކުން އެތެރެވެގެންތޯއާއި، ދޮރޯށި ބަލަހައްޓަން ތިބީ ކޮންބައެއްތޯކަމާއި އަދި އެކަމުގައިވަނީ ކޮން މުއައްސަސާއެއްގެ އިހުމާލެއްތޯ ކަން، އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރަށްވާ އަލްހާން މިހެން ވިދާޅުވެފައި މިވަނީ، ރާއްޖެއަށް ސްމަގްލް ކުރަން މަސައްކަތް ކުރި އެތައް މިލިއަން ރުފިޔާއެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފައި ވާކަން ހާމަކުރަށްވައި މިރޭ އިރާކޮޅުގެ ވަގުތެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއް ހިމަނުއްވައި ރައްދުދެއްވާ މޭރުމަކުން މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

ކޮމިޝަނަރ ޙަމީދުގެ މިޓްވީޓުގައި، ޝަރުޢީ ދާއިރާގައި ހުރި އުނިކަންކަމުގެ ސަބަބުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ހުރަސްތައް ކުރިމަތިވާކަމަށް ދޭހަވާ ބީދައިން އެ ދާއިރާއަށް އަމާޒުވާގޮތަށް ފާޑުވިދާޅުވެފައި ވުމާއި ގުޅިގެން، ޝަރުޢީ ނިޒާމާ ހަމައަށް މައްސަލަ އަންނަނީ މާ ފަހުން ނޫންތޯ ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދުގެ ކިބައިން އައްސަވައި އަލްހާނުގެ ޓްވީޓުގައި ކޮމިޝަނަރ ޙަމީދަށް ފާޑުވިދާޅުވެފައި ވެއެވެ.

ކާރެއްގެ ޑިކީގެ ތެރޭގައި 4 ބަސްތާއަކަށް އަޅާފައި ހުރި އެއް ކިލޯގެ 71 ޕަކެޓް ހިރޮއިން ފުލުހުން މިއަދު ހަވީރު އަތުލައިގެންފައި ވާއިރު، އެތަކެތީގެ މަގުމަތީ އަގު 71 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށްވެސް ކޮމިޝަނަރ ޙަމީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނާ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާކަން މީޑިއާތަކަށް ހާމަކުރަށްވަމުން، މިމައްސަލައިގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *