Ad
ހަބޭސްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ، ބޮޑުބެ، ތޮލާ، އަދި ޝަނޫންއާއެކު އިރުވަރުގެ މީޑިއާ ޓީމް/ ފޮޓޯ: ހަބޭސް އުބޭ
ހަބޭސްގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ، ބޮޑުބެ، ތޮލާ، އަދި ޝަނޫންއާއެކު އިރުވަރުގެ މީޑިއާ ޓީމް/ ފޮޓޯ: ހަބޭސް އުބޭ

ހަބޭސްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް އިރުވަރު އޮންލައިން

މަޝްހޫރު ބޮޑުބެރު ގުރޫޕު، ހަބޭސްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އިރުވަރު އޮންލައިން" ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި ހަބޭސް ސްޓޫޑިއޯގައި ބޭއްވި ރަސްމިއްޔާތުގައި ހަބޭސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ހަބޭސް ފިއުޝަންގެ ލީޑު ވޯކަލިސްޓް އިބްރާހިމް ވަހީދު (ބޮޑުބެ) އާއި ހަބޭސް ބޮޑުބެރު ގްރޫޕްގެ ލީޑް ވޯކަލިސްޓް ހަސަން ތޮލާގެވެ. އިރުވަރު އޮންލައިންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ މާކެޓިންގ މެނޭޖަރ ޚައްވާ ރީނާ އަލީ އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ހަބޭސްގެ މެނޭޖަރު އަލީ ޝިފާޢު ބުނީ އިރުވަރު އޮންލައިން ނޫހަކީ ދާދިފަހުން ވުޖޫދުވި ނޫހެއް ނަމަވެސް އިރުވަރު ޓީމަކީ ނޫސްވެރިކަމުގެ ތަރުރިބާހުރި ކުޅަދާނެ ޓީމެއްކަމަށެވެ. އަދި ހަބޭސްގެ އޮންލައިން މީޑިއާ ޕާޓަނަރަކަށް އިރުވަރު ހަމަޖެހިގެން ދިޔައީ މިކަމަށް އެންމެ ރަނގަޅު "އިރުވަރު"ގައި ކަމަށް އައްޔަ ބުންޏެވެ.

"މިއެއްބަސްވުމުގެ ދަށުން ދެ ފަރާތްގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ. މިއީ ފެށުމެއް. ހަބޭސްގެ މަޢުލޫމާތު އެންމެ ތާޒާކޮށް އިރުވަރު އޮންލައިން މެދުވެރިކޮށް ހަބޭސްގެ ސަޕޯޓަރުންނަށް ލިބޭނެކަމަށް އުންމީދު ކުރަން." އަލީ ޝިފާއު ބުންޏެވެ.

އިރުވަރު އޮންލައިންގެ މާކެޓިންގ މެނޭޖަރު ހައްވާ ރީނާ އަލީ ބުނީ، ރާއްޖޭގެ އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ ހަބޭސް ގްރޫޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް އިރުވަރު އޮންލައިން ހަމަޖެހިގެން ދިއުމަކީ މި ނޫހަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި އިރުވަރު އޮންލައިނަށް އިތުބާރު ކުރީތީ ހަބޭސްގެ ވެރިންނަށް ޝުކުރު އަދާކުރިއެވެ.

"ހަބޭސްގަ މިއުޅެނީ ވަރަށް ހުނަރުވެރި ޒުވާނުންކޮޅެއް. ހަމައެކަނި ލަވަކިޔާ ނަށާ ކުދިންނެއް ނޫން މިއުޅެނީ. ހަބޭސްގެ ކޮންމެ މެމްބަރަކީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ ކުއްޖެއް. ހަބޭސްގެ ކޮންމެ މެމްބަރަކާ ބެހޭގޮތުން މަޢުލޫމާތު އަޅުގަނޑުމެން ގެނެސްދޭނަން. ހަބޭސްގެ ފޭނުންވެސް ވަރަށް ބޭނުންވާނެ މި ކުދިންނާ ބެހޭ މަޢުލޫމާތު ހޯދަން." ހައްވާ ރީނާ ބުންޏެވެ.

ހަބޭސްގެ އޮންލައިން މީޑިޢާ ޕާޓްނަރަކަށް އިރުވަރު އޮންލައިން ހަމަޖެއްސުމާ ގުޅިގެން ހަބޭސް އިތުރަށް ޕްރަމޯޓްކޮށް ހަބޭސްގެ ހަބަރާއި މަޢުލޫމާތު އެންމެ ފުރިހަމައަށް ގެނެސްދިނުމަށް މިނޫހުން މަސައްކަތް ކުރާނެއެވެ.

ހަބޭސް އަކީ ރާއްޖޭގެ އެންމެ ވަރުގަދަ ފޭން ބޭސް އެއް އޮންނަ ގްރޫޕެވެ. ހަބޭސްގެ ފޭސްބުކް ޕޭޖަށް 4 ލައްކައަށްވުރެ ގިނަ ލައިކު ލިބިފައިވާއިރު ހަބޭސްގެ އިންސްޓަގްރާމް އަދި ޓްވިޓަރއިންވެސް ގިނަބަޔަކު ދަނީ ހަބޭސް ފޮލޯ ކުރަމުންނެވެ.

ހަބޭސް އަކީ ހަމައެކަނި ބޮޑުބެރު ގްރޫޕެއް ނޫނެވެ. ހަބޭސްގެ ދަށުން 4 ގްރޫޕެއް މިހާރު އަންނަނީ ހިންގަމުންނެވެ. މީގެއިތުރުން ހަބޭސް މިއުޒިކް ސްޓޫޑިއޯއަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ސްޓޫޑިއޯއެވެ. ތަފާތު އެކި އުފެއްދުންތައް މި ސްޓޫޑިއޯއިން އަންނަކީ އުފައްދަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *