Ad
ހޯމްމިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދު ﷲ އާ ރައީސް އޮފީސް ކައިރިން އަންހެނަކު ދިމާކޮށް ފުރައްސާރަ ކުރަނީ -: ފޮޓޯ: ޓްވިޓަރ ވީޑީއޯ ސްކްރީން
ހޯމްމިނިސްޓަރ ޝައިޚް ޢިމްރާން ޢަބްދު ﷲ އާ ރައީސް އޮފީސް ކައިރިން އަންހެނަކު ދިމާކޮށް ފުރައްސާރަ ކުރަނީ -: ފޮޓޯ: ޓްވިޓަރ ވީޑީއޯ ސްކްރީން

ޢާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމަކީ ކުށެއް: ހައިލަމް

ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން އެނގިހުރެ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުމާއި، ޢާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމަކީވެސް ޤާނޫނީ ކުށެކެވެ. 

ޢާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމަކީ ޤާނޫނުލްޢުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ކުށެއްކަމަށާއި، މީހަކާމެދު ޝަކުވާއެއް އޮތްނަމަ ޖެހޭނީ ކަމާބެހޭ އިދާރާއަކަށް އެމައްސަލައެއް ހުށައަޅަންކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްޤާޟީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިފަދައިން ވިދާޅުވެފައި މިވަނީ، ހޯމް މިނިސްޓަރު ޝައިޚް ޢިމްރާނު ޢަބްދު ﷲ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިމަށް އޭނާ ބުނެފައިވާ އޯޑިއޯއެއް މީގެ ކުރިން ޢާންމުވެފައި ވާއިރު، އެއަންހެން މީހާކަމަށް ބުނެވޭ މީހަކު ޝައިޚް ޢިމްރާނާ މަގުމަތިން ދިމާކޮށް ފުރައްސާރަކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި މިއަދު ޢާންމުވުމާ ގުޅިގެން ފުލުހުން ޓެގްކުރަށްވައި މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.

ޤާނޫނު ނަމްބަރު 9/2014 (ދިވެހިރާއްޖެގެ ޤާނޫނުލްޢުޤޫބާތު) ގެ 615 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާގޮތުގައި، ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން ނުވަތަ އުނދަގޫވާނެކަން އެނގިހުރެ، ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު ޢަމަލުތައްކުރުމާއި، ޢާންމު ތަނެއްގައި ކަނޑައެޅިގެން ވަކި މީހެއްގެ ފަހަތުން ދިއުމަކީވެސް ކުށެކެވެ.

އަދި މިކުށަކީ ޖުނަޙްގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމަށްވެސް އެޤާނޫނުގައި ބުނެފައި ވާއިރު، އެކުށް ސާބިތުވެއްޖެނަމަ ތިން މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއްޖެ ޖަލު ޙުކުމެއް އައުން އެކަށީގެންވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *