ރޮއިޓާސް: ދުނިޔޭގެ އެންމެ ވަރުގަދަ ސައިބަރ ސެކިޔުރިޓީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމެރިކާގެ ކުންފުއްޏެއްކަމަށްވާ "ފަޔަރއައި" ހެކްކޮށްފިކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ފަޔަރއައި އިން އިއްޔަގެ ވަގުތެއްގައި ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކުންފުނިން ބޭނުންކުރަމުންދާ ވަޞީލަތްތަކެއް ހެކަރުން ވަގަށް ނަގާފައިވާ ކަމަށާއި، އެކަމަކީ ބޭރު ޤައުމެއްގެ ސަރުކާރަކުން ކޮށްފައިވާ ކަމެއްކަން ލަފާކުރެވޭކަމަށްވެސް އެކުންފުނިން ހާމަކޮށްފައި ވެއެވެ.
ކުންފުންނާއެކު ހެދިފައިވާ ތަފާތު އެއްބަސްވުންތަކުގެ ދަށުން "ފަޔަރއައި" އިން ގެންދަނީ އެމެރިކާގެ އިތުރުން އެޤައުމުގެ ބައިވެރިންގެވެސް ޤައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ސައިބަރ ސެކިޔުރިޓީގެ ޚިދުމަތްތައް ފޯރުކޮށްދެމުންނެވެ.
ސައިބަރ ސެކިޔުރިޓީ ކުންފުނި "ފަޔަރއައި" ހެކްކުރުމާއެކު ގަޑިއެއްހައިއިރުގެ ތެރޭގައިވެސް އެކުންފުނީގެ ހިއްސާގެ އަގުވަނީ %8 ދަށަށް ގޮސްފައިކަންވެސް ފަހަގަކޮށްލެވެއެވެ.