Ad

އުނދަގޫ ދަތުރަކަށްފަހު ރިއަލްމެޑްރިޑް ދެވަނަ ބުރަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ގުރޫޕުގެ ކުޅުނު ފަހު މެޗު ކާމިޔާބުކޮށް ރެއާލް މެޑްރިޑުން މުބާރާތުގެ ދެވަނުބުރުން ޖާގަހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަން ކަން 13 ފަހަރު ހޯދައިފަވާ މެޑްރިޑް ދެވަނަ ބުރަށް ދިޔައީ ގުރޫޕްގެ ފަހު މެޗުގައި ބްރޫޝިޔާމޮންޗެންގްލެބެކް އަތުން މޮޅުވެގެންނެވެ އަމިއްލަ ދަނޑުގައި ކުޅުނުމެޗު މެޑްރީޑުން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. ފުރަތަމަހާފްގައި ލަނޑުތައް ފެނުނު މެޗުގެ ދެލަނޑުވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ކަރިމް ބެންޒީމާއެވެ. ބެންޒިމާ ޖެހި ދެލަނޑާއެކު އޭނާ ވެފަވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި 50 ލަނޑުހަމަކުރި 5ވަނަ ކުޅުންތެރިޔާއަށެވެ.

ރޭގައި ކުޅުނު މެޗާއެކު ބެންޒީމާ ވަނީ މެޑްރިޑަށް 527 މެޗު ހަމަކޮއްފައެވެ. މިއީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ރޮބާޓޯ ކާލޯސް ކުޅެފައިވާ އަދަދާ އެއްވަރުގެ އަދެދެކެވެ. މިދެކުޅުންތެރިންނަކީ ސްޕެއިނުން ބޭރު ދެ ކުޅުންތެރިންގެ ތެރެއިން މެޑްރިޑަށް އެންމެ ގިނަ މެޗު ކުޅުނު ދެކުޅުންތެރިންނެވެ. ބެންޒީމާ ވަނީ 2016 ވަނަ އަހަރުން ފެށިގެން މިހާތަނަށް މުބާރާތުގައި ބޮލުން 10 ލަނޑެއް ކާމޔާބު ކޮއްފައެވެ. ލިސްޓުގައި ބެންޒީމާއަށް ވުރެ ފަހަތުން އުޅެނީ ބަޔާން މިއުނިކްގެ ރޮބާޓް ލެވެންޑޮސްކީ އާއީ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މުބާރާތުގެ ތާރީހުގައި މިއީ ދެވަނަ ބުރުން މެޑްރިޑް ޖާގަހޯދި 25 ވަނަފަހަރުއެވެ. މެޑްރިޑުން ވަނީ އެންމެފަހުން ވާދަކުރި 7 މުބާރާތުގެ ތެރެއިން 4 ފަހަރު ތަށި ކާމިޔާބުކޮށްފައެވެ. މިނަތީޖާ އެކު މޮންޗެންގްލެބެކް ބަލިވި ނަމަވެސް ލަނޑުގެ ތަފާތުން އެޓީމު ވަނީ ދެވަނަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. މިއީ އެޓީމުން މުބާރާތުގެ ތާރީހުގައި ދެވަނަ ބުރުގައި ވާދަކުރާ ފުރަތަމަފަހަރުއެވެ.

ރޭ މި ގުރޫޕްގައި ޔުކްރެއިންގެ ޝަހުތަރާއި އިޓަލީގެ އިންޓަމިލާން ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން އިންޓަމިލާން ވަނީގުރޫޕްގެ ފުލައްވެއްޓި މުބާރާތުން ވަކިވެފައެވެ. މިއީ އިންޓަމިލާން ގުރޫޕް ސްޓޭޖް ފަހަނައަޅައި ކުރިޔަށް ނުދެވުނު ވިދިވިދިގެން ތިންވަނަ ފަހަރުއެވެ. ގުރޫޕްގެ ތިންވަނައާއެކު ޝަހުތަރުން ވަނީ ޔުރަޕާލީގުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. މެޑްރިޑު ދެވަނަ ބުރުން ޖާގަހޯދީ ގުރޫޕްގެ އެއްވަނަ ގޮތުގައި 10 ޕޮއިންޓާއެކުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *