Ad

ޗެމްޕިއަންސް ލީގުގެ 50 ލަނޑުޖެހި ފަސްވަނަ ކުޅުންތެރިޔަކަށް ބެންޒީމާ

ޗެމްޕިއަންސް ލީގުގެ ތާރީހުގެ 50 ލަނޑުޖެހި ފަސްވަނަ ކުޅުންތެރިޔަކަށް ރެއާލް މެޑްރިޑްގެ ކަރިމް ބެންޒީމާ ވެއްޖެއެވެ.

ބުދަ ދުވަހުގެރޭ މޮންގެލްބެޗެކް ކޮޅަށް ބެންޒިމާ ޖެހި ދެލަނޑާއެކު އޭނާ ވެފަވަނީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި 50 ލަނޑުހަމަކުރި 5 ވަނަ ކުޅުންތެރިޔާއަށެވެ. ގުރޫޕް ސްޓޭޖުގައި ލަނޑުޖަހއިގެން މި ލިސްޓުަގައި އޮތީ 71 ލަނޑު ޖަހާފައިވާ ބާސެލޯނާގެ ލިއޮނަލް މެސީ ، 67 ލަނޑުޖަހާފަވާ ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން 53 ލަނޑުޖަހާފަވާ ރައުލް ގޮންޒާލޭޒް އަދި 50 ލަނޑުޖަހާފަވާ ރުޑް ވެން ނިސްޓެރޯއީއެވެ.

މިމެޗާއެކު ބެންޒީމާ ވަނީ މެޑްރިޑަށް 527 މެޗު ހަމަކޮއްފައެވެ. މިއީ އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ ރޮބާޓޯ ކާލޯސް ކުޅެފައިވާ އަދަދާ އެއްވަރުގެ އަދެދެކެވެ. މިދެކުޅުންތެރިންނަކީ ސްޕެއިނުން ބޭރު ދެ ކުޅުންތެރިންގެ ތެރެއިން މެޑްރިޑަށް އެންމެ ގިނަ މެޗު ކުޅުނު ދެކުޅުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *