Ad

މަސްވެރިންނަށް ޚާއްޞަ އިންސިއުރެންސް ޕެކޭޖެއް ތައާރަފްކޮށްފި

ދިވެހި މަސްވެރިން ޖަމިއްޔާއާއި އެލައިޑް އިންޝުއަރެންސް ގުޅިގެން މަސްވެރިންނަށް ޚާއްސަ އިސްލާމިކް އިންޝުއަރެންސް ޕެކޭޖެއް ތައާރަފްކޮށްފިއެވެ.

ދިވެހި މަސްވެރިން ޖަމިއްޔާއާއި އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްއާ ގުޅިގެން ރާއްޖޭގެ ހުރިހާ މަސްވެރިންނަށް ތައާރަފްކުރި "ފެމިލީ ތަކާފުލް" ޕެކޭޖުގެ ދަށުން މަސްވެރިޔާއަށް ލިބޭ ދާއިމީ ހާނިއްކަ އާއި ނުކުޅެދޭފަދަ އަނިޔާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މި ތަކާފުލްގެ މުއްދަތުގައި މަސްވެރިޔާ ނިޔާވެއްޖެނަމަ، މަސްވެރިޔާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މި ތަކާފުލްގެ ދަށުން މަސްވެރިންނަށް 4 ޕެކޭޖެއް ޚިޔާރުކުރުމަށް ފުރުސަތު ލިބޭނެއެވެ. އެގޮތުން އެންމެ ކުޑަ ޕެކޭޖުގައި 18 އަހަރާއި 29 އަހަރާއި ދެމެދުގެ މަސްވެރިއަކު އަހަރަކު ދައްކަން ޖެހެނީ -/371 ރުފިޔާއެވެ. މިއީ -/50000 ރުފިޔާގެ ޕެކޭޖެކެވެ. އަދި 50 އަހަރުގެ މަސްވެރިޔަކު އަހަރަކު ދައްކަންޖެހޭނީ -/956 ރުފިޔާއެވެ.

މަސްވެރިންގެ ޖަމްއިއްޔާގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވީ 18 އަހަރުން މަތީގެ ކޮންމެ މަސްވެރިއަކަށްވެސް މި ޕެކޭޖުތަކަށް އެދުމުގެ ފުރުސަތުވަނީ ހުޅުވާލާފައިވާކަމަށެވެ.

މި ޕެކޭޖުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ލިބޭ ގެއްލުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް ޝާފިއު ވިދާޅުވިއެވެ. މިފަހަކަށް އައިސް މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސްވެރިންނަށްދަނީ ވަރަށް ހިތާމަވެރި ހާދިސާތައް ދިމާވަމުންނެވެ. އޭގެތެރޭގައި ބުޅިން ޖެހިގެން ލޮލަށް ލިބޭ އަނިޔާއާއި ވައިފުޅިއަޅައިގެން އެންވެރިކަމަށް ފީނުމުގައި ދިމާވާ ހިތާމަވެރި ހާދިސާތައް ހިމެނެއެވެ.

އެލައިޑް އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ މިއަދު ތައާރަފް ކުރެވުނު ޕެކޭޖްތަކަކީ ދިވެހި މަސްވެރިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ "ލައިފް އިންޝޫރެންސް" ޕެކޭޖެކެވެ. މި ޕެކޭޖްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ބަލަހައްޓާނީ ދިވެހި މަސްވެރިން ޖަމިއްޔާއިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *