Ad

މަސްވެރިންގެ ދުވަސް: ތ. ގުރައިދޫގައި ވަރަށް ފޯރީގައި ފާހަގަކޮށްފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތ. ގުރައިދޫގައި ގިނަ ހަރަކާތްތެކެއް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން އެންމެ ފުރަތަމަ މަސްވެރިންނަށް މަރުޚަބާ ކިޔާފައިވަނީ ރަށު ކައުންސިލުންނެވެ. ކައުންސިލުން ވަނީ ރަށުގެ ހުރިހާ މަސްވެރިންނަށް ސައެއް ދީފައެވެ.

މީގެއިތުރުން  އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ އެރަށު މަސްވެރިންގެ އަނބިންގެ ފަރާތުން މަސްވެރިންނަށްދިން ކެއުމެވެ. ޑިނަރނައިޓެއްގެ ގޮތުގައި ކުރިއަށްދިޔަ މި ހަތަކާތުގައި މަސްވެރިންނަކީ ކިހާ މުހިންމު ބައެއްކަން އެރަށުގެ އަންހެނުން ސާބިތު ކޮށްދިނެވެ.

މީގެއިތުން ގުރައިދޫ މަސްވެރިން ވަނީ އެރަށު ކުދިބޮޑު އެންމެންނަށް ވަރުގަދަ ސައެއް ދީފައެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގުރައިދޫ މަސް ދޯނިފަހަރުތަކުގެ މެދުގައި ކުޅޭ ފުޓްސަލް މުބާރާތް މިއަދު ވަނީ ފަށާފައެވެ. މި މުބާރާތަށް ދޯނިފަހަރުން ތައްޔާރުވަމުން އަންނަތާ 2 މަސްވަރު ވެދާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *