Ad

ޓޮޓެންހަމް އެއްވަނައިގަ ނިންމާލިއިރު، އާސެނަލް އަަށް ސައްތައިގެ ރެކޯޑެއް

ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބް ޓޮޓްނަމް ގުރޫޕުގެ އެއްވަނައިގަ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮއްފިއެވެ.

މިދިޔަހަފްތާގައި މުބާރާތުގެ ދެވަނަ ބުރު ކަށަވަރު ކޮއްފައިވާ ޓޮޓްނަމް މޮޅަކާއެކު ގުރޫޕުގެ މެޗުތައް ނިންމާލީ ފަހު މެޗުގައި ރޯޔަލް އެންޓްވާޕް އަތުން 2-0 ލަނޑުން މޮޅުވެގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޓޮޓްނަމް އަށް ލަނޑުތައް ކާމިޔާބުކޮއްދިނީ ކާލޯސް ވިނިޝިއަސްގެ އިތުރުން ޖިއޮވާނީ ލޮސެލްސޯއެވެ.

ވިނިޝިއަސް ވަނީ މުބާރާތުގައި ޓޮޓްނަމްއަށް އެންމެފަހުން ކުޅުނު 3 މެޗުގައި ހަ ލަނޑުޖެހުމުގައި ހިއްސާވެފައެވެ. އޭއީ އޭނާ ޖެހި ތިންލަނޑާއެކު އަނެއް ތިންލަނޑު ޖެހުމަށް ވިނިޝިއަސް ވަނީ އެހީތެރިވެފައެވެ. ރޭގެ މެޗުގައި ދެވަނަ ލަނޑުޖެހުމަށް އެހީތެރިވެދިން ހެރީކޭން ވަނީ މިހާތަނަށް މި ސީޒަންގައި ހުރިހާ މުބާރާތެއް އެއްކޮށް 13 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ. އެންމެފަހުން ޓޮޓްނަމްއިން ޔޫރަޕުގައި ކުޅުނު 9 މެޗުގެ ތެރެއިން 7 މެޗު ޓޮޓްނަމް ކާމިޔާބުކުރި އިރު އެޓީމު ބަލިވީ އެންމެމެޗަކުންނެވެ. މި ގުރޫޕުން ޓޮޓްނަމްއާއެކު މުބާރާތުގެ ގަދަ 32 ޓީމުގެ ތެރެއިން ޖާގައި ހޯދީ އެންޓްވާޕްއެވެ.

ޔޫރޮޕާ ލީގުގައި އާސެނަލްއިން ގުރޫޕްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ސައްތައިން ސައްތަގެ ރިކޯޑަކާ އެކު ވަނީ މުބާރާތުގެ ދެވަނަބުރަށް ދަތުރުކޮއްފިއެވެ. އާސެނަލް ރަށުން ބޭރުގައި ޑުންޑޯކްގެ މައްޗަށް ރޭ ކުރިހޯދީ 4-2 ލަނޑުންނެވެ. މެޗުގައި އާސެނަލް އަށް ލަނޑުތައް ކާމިޔާބުކޮއްދިނީ އެޑްވާޑް ނަކޭޓާގެ އިތުރުން މުހަންމަދު އެލްނެނީ ، ޖޯއީ ވިލްލޮކް އަދި ފޮލަރިން ބަލޯގަންއެވެ.

ނެކޭޓާ ޖެހި ލަނޑާއެކު އޭނާ ވަނީ މިމުބާރާތުގައި އާސެނަލްއަށް ފަސްލަނޑުޖަހާފައެވެ. އޭނާއަކީ މިސީޒަންގައި އާސެނަލް އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. އާސެނަލް އެންމެފަހުން ޔޫރަޕުގައި ރަށުންބޭރުގައި ކުޅުނު 9 މެޗުން ވެސް ބަލިވެފައި ނުވެއެވެ. އެޓީމު ވަނީ 2005 ވަނައަހަރުފަހުން ޔޫރަޕުގެ މުބާރާތެއްގައި ވިދިވިދިގެން 6 މެޗުން މޮޅުވެފައެވެ. މުބާރާތުގެ ގުރޫޕްގައި ކުޅުނު ހުރިހާ މެޗެއް އާސެނަލްއިން ކާމިޔާބުކުރި އިރު އެޓީމުން ވަނީ މި ހަމެޗުގައި 20 ލަނޑު ކާމިޔާބުކޮއްފައެވެ. މި ގުރޫޕުން އާސެނަލްއާ އެކު ދެވަނަ ބުރަށް ދިޔައީ މޯލްޑޭއެވެ.

ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބު ލެސްޓާ ސިޓީން ގުރޫޕްގެ ފަހު މެޗު ކާމިޔާބުކޮށް އެއްވަނައިގަ ގުރޫޕްގެ މެޗުތައް ވަނީ ނިންމާލައިފައެވެ. މެޗަށް ނުކުތްއިރު ވެސް މުބާރާތުގެ ދެވަނަ ބުރު ޔަގީންކޮއްފަވާ ލެސްޓާއިން މެޗު ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި ކުޅެ އޭއިކޭ އެތެންސްއާ ވާދަކޮށް 2-0 ލަނޑުންނެވެ.

ރޭ މުބާރާތުގައި ރެއާލް ސޮސެއިޑާޑް ވަނީ ނަޕޯލީއާ 1-1 އެއްވަރުކޮށް ތިންވަނަ ފަހަރަށް މުބާރާތުގެ ދެވަނަބުރުން ޖާގަހޯދާފައެވެ. އެ ގުރޫޕުން ދެން މުބާރާތުގެ ދެވަނަ ބުރަށް ދިޔައީ ނަޕޯލީއެވެ. މުބާރާތުގެ ދެވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ ހޯމަ ދުވަހުއެވެ. ދެވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ފެބްރުވަރީ މަހުގައިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *