އެންމެފަހުން ލިވަޕޫލަށް ހަދައިދިން ދެ ރިކޯޑާއެކު އެޓީމުގެ މިސްރުގެ ފޯވާޑް ސަލާހަކީ އާދަޔާ ހިލާފު މޮޅު ކުޅުންތެެރިޔެއް ކަމަށް ކޯޗު ޔާގޮން ކުލޮޕް ބުނެފިއެވެ.
މިޓްޔައެލޭންޑް ދެކޮޅަށް ލިވަޕޫލު ކުޅުނު މެޗުގައި ގޯލު ޖަހައިގެން ޗެމްޕިއަންސް ލީގުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ވަނީ ހޯދާފަ އެވެ. ލިވަޕޫލަށް ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ޝަރަފް މީގެ ކުރިން އޮތީ އެ ޓީމުގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑްގެ އަތުގަ އެވެ. ސާލާހު ވަނީ ޖެރާޑް ޖެހި 21 ލަނޑު ރެކޯޑް މުގުރާލާ 22 ލަނޑު ހަމަކޮއްފައެވެ.
“އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެއް. ޔަގީނުންވެސް އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. އޭނާގެ ފަރާތުން ޓީމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. އޭނައަށް އެނގޭ އޭނައަށް ޓީމުގެ އެހެން ކުޅުންތެރިންގެ ފަރާތުންވެސް އެހީތެރިކަން ލިބޭކަން. އަދި، އޭނަ އެކަމަށް ޝުކުރުވެރިވެސް ވޭ. ސަލާހް އެވަރަށް ގޯލު ނުޖަހާ ނަމަ އަހަރެމެންނަށް މިފަހުން މި ލިބިފައި މިވާ ކާމިޔާބީތައް ނުލިބުނީސް.” ސަލާހަށް ތައުރީފުކުރަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ.