Ad

އިސްދޫ މުލީ ބޭރުން ބޭރުގެ 2 މަސްބޯޓު ފެނިގެން ކޯސްޓުގާޑުން ހަރަކާތްތެރިވަނީ

އިސްދޫ މުއްޔާ ދިމާ ބޭރުން ބޭރުގެ ދެ މަސްބޯޓު ފެނިގެން ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ލ.އިސްދޫ މުލީގެ 87 މޭލު ބޭރުން ބޭރުގެ2 މަސްބޯޓު ފެނިގެން މަސްދޯންޏަކުން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިދިޔަ ހަފްތާގައިވެސް ވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާރޑުން ހިފަހައްޓާފައެވެ. މި ބޯޓުގެ މަޢުލޫމާތު ކޯސްޓްގާރޑަށް ދިނީ އެސަރަހައްދުގައި ކަންނެލީގެ މަސްވެރިކަން ކުރަން އުޅުނު "އަސުރުމާ-3″ ދޯނިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *