Ad

އެމްބީއޭ ރައީސްއަކަށް އެޑަމް

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ރައީސްކަމަށް އަޙްމަދު އާދަމް އިންތިޚާބުކޮށްފިއެވެ.

އެމްބީއޭގެ އިންތިޙާބުގައި ހިންގާ ކޮމިޓީގެ ކޮންމެ މަގާމަކަށްވެސް އެއް ބޭފުޅަކު ކުރިމަތިލައިފައިވާތީ އިންތިޙާބުގައި ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އެގޮތުން ރައީސްގެ ކުރިމަތިލެއްވި އަޙްމަދު އާދަމާއި ހިންގާ ކޮމިޓީގެ އެހެން ހުރިހާ މެންބަރުން އިންތިޙާބުވެފައިވަނީ ވޯޓުގައި ބައިވެރިވި ހުރިހާ ކުލަބުތަކެއްގެ ފުރިހަމަ ތާއީދާއެކުގައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 23 ކުލަބަކަށް ލިބުނުއިރު، 21 ކުލަބަކުން ވަނީ ވޯޓުލާފައެވެ.

އިންތިހާބު ކާމިޔާބުކުރެއްވި އާދަމްގެ ލީޑަޝިޕްގެ ހިންގާ ކޮމިޓީގައި ހިމެނެނީ ނުވަ މެމްބަރުންނެވެ. އެއީ ނައިބު ރައީސް ހުސެއިން ސުހެއިލް އާއި ހަޒާންދާރު އިސްމާއިލް ނުޖައިމީ އިބްރާހިމް އާއި އަމިއްލަ މެމްބަރު އަހުމަދު ގާސިމާއި ފުރިހަމަ މެމްބަރުންގެ ގޮތުގައި އަހުމަދު ނަސީރު އިބްރާހިމާއި ހުސެއިން ފަޒީލާއި ހުސެއިން އަމީނާއި އަހުމަދު ޝާހިދު އަދި ދިޔާނާ އަފީފް އެވެ.

އާދަމްގެ ލީޑަޝިޕުން ރާއްޖޭގައި ބާސްކެޓް ކުރިއެރުވުމަށް ގިނަ ގޮތްގޮތުން މަސައްކަތްކުރަން ވަނީ ރާވައިފަ އެވެ. އެގޮތުން ބާސްކެޓްބޯޅައިގެ ޑިވެލޮޕްމަންޓް މަސައްކަތް މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ވު ފުޅާކޮށް ކުރިއަަށްގެންދިއުން ހިމެނެ އެވެ.

އެމްބީއޭގެ އިންތިޙާބުގެ އިތުރުން އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާވެސް ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. އަހަރީ އާންމު ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓް ވަނީ ކުލަބުތަކުގެ ފުރިހަމަ ތާއީދާއެކު ފާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *