Ad

ބަޔާން އެއްވަރުވެއްވެ، ތާވަލުގެ ކުރީގަ ޕޮއިންޓުގެ ގޮތުން ހަމަހަމަވެއްޖެ

ޖަރުމަނު ބުންޑަސްލީގަގައި ލީޕްޒިގް މޮޅުވެ ބަޔާން އެއްވަރުވުމުން ޕޮއިންޓްގެ ގޮތުން ދެޓީމް ހަމަހަމަވެއްޖެއެވެ.

ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލީފްޒިގް މޮޅުވީ ވާޑާބްރޭމަން އަތުން 2-0 ލަނޑުންނެވެ. ބަޔާން މިއުނިކް ރަށުން ބޭރުގައި ޔޫނިއަން ބާލިން ވާދަކޮށް އެއްވަރުވީ 1-1 ލަނޑުންނެވެ. މެޗުގައި ބަޔާން ލެވޮންޑެސްކީ ލަނޑުޖެހި އިރު މިއީ އޭނާ ބަޔާން އަށް މި ސީޒަންގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ބަޔާން މޮޅުވެފަވަނީ އެންމެ މެޗަކުންނެވެ.

ރޭގައި ލީގުގައި ޑޯޓްމަންޑް ވަނީ ސްޓުރުޓްގާޓް އަތުން 5-1 ލަނޑުން ތާފާތު ބޮޑުކޮށް ބަލިވެފައެވެ. އަމިއްލަ ދަނޑުގައި ކުޅެ ޑޯޓްމަންޑް ބަލިވިއރު އެޓީމުގެ އެއްނަންބަރު ފޯވާޑް ހާލެންޑްއަށް އަނިޔާވިފަހުން އެޓީމަށް ވަނީ ރަނގަޅު ނަތީޖާއެއް ހޯދަން އުނދަގޫވެފައެވެ. އެންމެފަހުން ކުޅުނު ފަސްމެޗުގެ ތެރެއިން ޑޯޓްމަން މޮޅުވެފައިވަނީ އެއްމެޗަކުންނެވެ.

މިއީ 2009 ވަނައަހަރުފަހުން އެޓީމު ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ހާލަންޑްއަށް އަނިޔާވިފަހުން ލީގުގައި އެޓީމަށް ހޯދިފައިވަނީ އެންމެ ޕޮއިންޓެއް. ރޭގެ މެޗުން ބަލިވުމާއެކު އެޓީމު ވަނީ ފަސްވަނައަށް ވެއްޓިފައެވެ. ރޭގަ ލީގުގައި މޮންޗެންގްލެބެކް އާއި ހާތާ ބާލިން އެއްވަރުވިއިރު ފްރެއިބާގް އިން ވާނި އަރްމީނިއަ ބެއިލަފީލްޑް އަތުން 2-0 ލަނޑުން މޮޅުވެފައެވެ.

މި ނަތީޖާއަކު ތާވަލުގެ އެއްވަނައިގަ 24 ޕޮއިންޓާއެކު ބާޔާން އޮތީ ލަނޑުގެ ތަފާތުންނެވެ. ދެވަނަ ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ލީޕްޒިގް އޮތްއިރު ތިންވަނަ ބަޔާ ލެވަކޫސަންއަށް ލިބެނީ 22 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގަ ވުލްފްބާގް އޮތީ ލެވަކޫސަންވުރެ ޕޮއިންޓެއް މަދުން ހޯދައިގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *