Ad

ދިވެހި ޕްރިމިއާ ލީގު: ފަސޭހަކަމާއެކު މޮޅުވެ މާޒިޔާގެ ފެށުން ރަނގަޅުކޮށްފި

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗްގައި މާޒިޔާއި ޔުނައިޓެޑް ވިކްޓްރީ ބައްދަލު ކުރި މެޗް ފަސޭހަ ކަމާއެކު މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ކުޅުނު މި މެޗް މާޒިޔާއިން ކާމިޔާކުރީ 4-0 ލަނޑުންނެވެ.

މެޗްގެ ފުރަތަމަ ގޯލް މުޙައްމަދު އުމައިރު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ މެޗްގެ 35 ވަނަ މިނެޓްގައެވެ. ދެވަނަ ގޯލް 40 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަލީ އަމްދާން އެވެ. މެޗްގެ ފަހު ދެ ގޯލް ދެވަނަ ހާފުގައި މާޒިޔާއަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަސަދުއްﷲ އަބްދުﷲ އެވެ. މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޒިޔާގެ ޑިފެންޑަރު ސަމޫހު އަލީ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *