Ad
ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭންގެ ދަށުން ހިންގޭ ފުރަތަމަ ހަރަކާތް ފައްޓަވައިދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން-: ފޮޓޯ: ރައީސް އޮފީސް
ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭންގެ ދަށުން ހިންގޭ ފުރަތަމަ ހަރަކާތް ފައްޓަވައިދެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން-: ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭންގެ ހަރަކާތްތައް ރައީސް ފައްޓަވައިދެއްވައިފި

ނޭޝަނަލް ޓެރެރިޒަމް ރެސްޕޮންސް ޕްލޭން (އެން.ޓީ.އާރް.ޕީ)ގެ ދަށުން، އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައިވެރިވުމާއެކު ހިންގަވާ ފުރަތަމަ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރަސްމީކޮށް މިއަދު ފައްޓަވައި ދެއްވައިފިއެވެ.

އެން.ޓ.ީއާރ.ޕީ ގެ ފުރަތަމަ ހަރަކާތް ފެއްޓެވުމަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނިރުބަވެރިކަން ހުއްޓުވަން ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަމަށާއި، އެން.ޓީ.އާރް.ޕީ އަކީ، އެތައް ފަރާތެއްގެ ބައިވެރިވުމާއި އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މުހިންމު ރެސްޕޮންސް ޕްލޭނެއްކަމަށެވެ.

އެން.ޓީ.އާރ.ޕީ ޕްލޭންއާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނިރުބަވެރިކަމާއި، ނިރުބަވެރިކަމުގެ އަމަލުތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ވެސް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެވޭނެ ގޮތްތައް މި ޕްލޭންގައި ބަޔާންކޮށްފައިވާ ކަމުގައެވެ. އަދި، ނިރުބަވެރިކަމުގެ އަމަލެއް ހިނގާ ހާލަތުގައި އަމަލުކުރާނެ ޕްރޮޓޮކޯލްތައް ތަޖުރިބާކޮށް، އެ ފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތް ދެނެގަތުމީވެސް، މިއަދު ބޭއްވުނު މި ހަރަކާތުގެ މަޤްޞަދުކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ހަރަކާތް ފެށުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިނގިރޭސި ވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލަރ ވިދާޅުވީ، ރާއްޖެއާއި އިނގިރޭސި ވިލާތަކީ، ނިރުބަވެރިކަމާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގައި ޚިޔާލާއި ވިސްނުން އެއްގޮތް ދެ ޤައުމު ކަމަށާއި، މި ދާއިރާއިން ދޭދޭ ގުޅުންތައް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.

ނިރުބަވެރިކަމާއި ދެކޮޅަށް އިޖާބަދިނުމަށް އެކުލަވާލެވިފައިވާ ޤައުމީ ޕްލޭންގެ ކުރިއަށްހުރި ހަރަކާތްތަކުގެ ތެރެއިން، އެން.ޓީ.އާރް.ޕީ ގެ ވަރކިން ސެޝަންތައް މި ކަމުގައި ބައިވެރިވާ އެހެނިހެން އިދާރަތަކާއިއެކު ހިންގޭނެކަމަށާއި، އަދި މި ސެޝަންތަކުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ސަރުކާރުގެ ކަމާގުޅޭ ހުރިހާ އިދާރާއެއް ބައިވެރިވުމާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަންވެސް، ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *