Ad
ޔޫއެން އާބިޓްރޭޝަން ކޮންވެންޝަންގައި ރާއްޖެއިން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު އަދި ސެންޓަރުގެ ޗެއަރމަން ޝަހުދީ(ކ.2)-: ފޮޓޯ: އޭޖީ އޮފީސް
ޔޫއެން އާބިޓްރޭޝަން ކޮންވެންޝަންގައި ރާއްޖެއިން ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން، ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު އަދި ސެންޓަރުގެ ޗެއަރމަން ޝަހުދީ(ކ.2)-: ފޮޓޯ: އޭޖީ އޮފީސް

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ރަސްމީކޮށް ޚިދުމަތްދޭން ފަށައިފި

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ފަރާތުން، ޤާނޫނު ނަންބަރު 10/2013 (އާބިޓްރޭޝަނުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ޚިދުމަތްތައް ރަސްމީކޮށް ދޭން ފައްޓައިފިއެވެ.

އާބިޓްރޭޝަންގެ ޚިދުމަތް ރަސްމީކޮށް ފެށުނުކަން ހާމަކޮށް އެ ސެންޓަރުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް މިހާރު މައްސަލަ ހުށަހެޅޭނެކަމަށެވެ. އެގޮތުން، ވަރޗުއަލް ޚިދުމަތްތަކާއެކު އަމިޓްރަލް ޕްރޮސީޑިންގ ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެކަމަށްވެސް އެ ސެންޓަރުން ހާމަކޮށްފައި ވެއެވެ.

އާބިޓްރޭޝަން ސެންޓަރުގެ ފަރާތުން ވަރޗުއަލް ޚިދުމަތްތައް ތަޢާރަފުކުރުމާއިއެކު އާބިޓްރޭޝަަންގެ ޚިދުމަތްތައް ވީހާވެސް ގިނަ ބަޔަކަށް ލިބުމަށް މަގު ފަހިވެގެންދާނެކަމަށާއި، އެ ސެންޓަރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުބާރު ލިބޭނޭ ގޮތަށް ހަރުދަނާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ޔަޤީންކަން ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ދޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

2019 ވަނަ އަހަރުގެ އެޕްރީލް މަހު އަމަލީ މަސައްކަތް ފެށިގެން ދިއުމަށްފަހުގައި އެ ސެންޓަރުން ކޮށްފައިވާ ކަންކަމަށް ބަލާއިރު، ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފުތަރެއް އެކުލަވާލުމާއި ބޭސް މެނޭޖްމަންޓް ޕޯޓަލް އެއް ޤާއިމްކުރުމުގެ އިތުރުން، މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ޝާޢިއުކުރުން ހިމެނޭކަން އެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އާބިޓްރޭޝަނަށް ހުށައެޅުނު ފާހަގަ ކޮށްލެވޭ މައްސަލަތަކުގެ ތެރޭގައި، ޖީއެމްއާރ މައްސަލައާއި، ބޯޑަރ ސިސްޓަމް މައްސަލަ ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *