Ad
ލޯންޗް ހާދިސާގައި އެންމެބޮޑަށް އަނިޔާލިބުނު ފިރިހެން މީހާ އުނގޫފާރަށް ގެންދެވެނީ -: ފޮޓޯ: ރ.މަޑުއްވަރީ މަސްވެރިން/ފޭސްބުކް
ލޯންޗް ހާދިސާގައި އެންމެބޮޑަށް އަނިޔާލިބުނު ފިރިހެން މީހާ އުނގޫފާރަށް ގެންދެވެނީ -: ފޮޓޯ: ރ.މަޑުއްވަރީ މަސްވެރިން/ފޭސްބުކް

ލޯންޗެއް ޓެސްޓަށް ދުއްވުމުގެ ތެރެއިން ހިނގާދިޔަ ހާދިސާއެއްގައި ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ

ރ. މަޑުއްވަރީގައި މަރާމާތުކުރުމަށްފަހުގައި ބޭލި ލޯންޗެއް ޓެސްޓަށް ދުއްވަނިކޮށް އެލޯންޗްގެ ހައިޑްރޯލިކް ޖެކް ކުއްލިއަކަށް އުފުރިގެން އައިސް ހިނގާދިޔަ ހާދިސާއެއްގައި ދިވެހިންތަކަކަށް އަނިޔާވެ، އެތަނުން އެކަކަށް ބޮޑެތި އަނިޔާތަކެއް ލިބި އިތުރު ފަރުވާއަށް އުގޫފާރު ރީޖަނަަލް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ލޯންޗުގެ ހައިޑްރޯލިކް ޖެކް ކުއްލިއަކަށް އިންތިހާއަށް ބާރަށް ވިއްސައިގެން އައިސް ދިމާވި މި ހާދިސާގެ ތެރެއިން، 40 އަހަރުގެ މި ފިރިހެންމީހާގެ 10 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ދިއުމުން އެމީހާ ނަގައިގެން ގެނެސްފައިވަނީވެސް އެހެން މީހުންގެ އެހީތެރިކަމާއެކުގައި ކަމަށްވެސް، ލޯންޗުގައި އެ ވަގުތު ތިބި މީހުން މައުލޫމާތުދީފައި ވެއެވެ. އަދި އެ މީހާގެ ބޮލުން ބައެއް ފަޅައިގެން ގޮސްފައި ވުމުގެ ސަބަބުން ލޭމަނާކުރުމަށް ދަތިވެ، އިތުރު ފަރުވާކުރުމަށް މިއަދު މެންދުރު 1 ޖަހާކަންހާއިރު ވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.

ގިނަ ފަހަރަށް، ރަށްކާތެރިކަމާއި ސާލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަމަށް މާބޮޑަށް ފަރުވާލެއް ނުބަހެއްޓުމުގެ ސަބަބުންވެސް ކަނޑުމަތީގެ މިފަދަ ހާދިސާތަށް ހިނގަން މެދުވެރިވެއެވެ. ގދ. ތިނަދޫ ދޯންނެއްގައި ދާދިފަހުން ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެ ދޯންޏާއި އަދި މީހުންނަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އެ ހާދިސާގައި ލިބުނު އަނިޔާގެ ސަބަބުން ފުރާނަތައްވެސް ދުނިޔެއާ ވަކިވެގެން ގޮސްފައި ވެއެވެ.

ތިމާއާއި އަދި އެހެނިހެން މީހުންގެ މުދަލާއި ފުރާނައިގެވެސް ސަލާމަތާއި ރައްކާތެރިކަމުގެ ބޭނުމުގައި ކަށަވަރުކުރެވެންޖެހޭ މިންގަނޑުތަށް ކަށަވަރުކޮށްގެން މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ވާތީވެ މާބޮޑު ކަމެއްކަމަށް ނުހެދި ކޮށްލެވޭ ކުޑަކުޑަ ކަމަކުންވެސް، ބޮޑެތި ގެއްލުމުގެ އިތުރުން އިންތިހާއަށް ހިތާމަވެރި ކަންކަން ކުރިމަތިވުމަށް ހިނދުކޮޅެއްވެސް ނުނަގާނެކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަކީ، މަސައްކަތު މާހައުލުގައި ހިނގައިދާ މިފަދަ ހާދިސާތަކުގެ ގެއްލުން ކުޑަކުރެވޭނެ ކަމެއްކަން ކަށަވަރު ނޫންހެއްޔެވެ!

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *