Ad
ލޯންޗްގައި ހިނގާދިޔަ ހާދިސާގައި އަނިޔާލިބުނު މީހާ އުނގޫފާރަށް ގެންދިޔުމުގެ މަސައްކަތް ކުރެވެނީ-: ފޮޓޯ: ރ. މަޑުއްވަރީ މަސްވެރިން/ފޭސްބުކް
ލޯންޗްގައި ހިނގާދިޔަ ހާދިސާގައި އަނިޔާލިބުނު މީހާ އުނގޫފާރަށް ގެންދިޔުމުގެ މަސައްކަތް ކުރެވެނީ-: ފޮޓޯ: ރ. މަޑުއްވަރީ މަސްވެރިން/ފޭސްބުކް

މަޑުއްވަރީ ލޯންޗް ހާދިސާގައި އަނިޔާލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެންދަނީ

ރ. މަޑުއްވަރީގައި މަރާމާތުކުރުމަށްފަހުގައި ބޭލި ލޯންޗެއް ޓެސްޓަށް ދުއްވަނިކޮށް އެލޯންޗްގެ ހައިޑްރޯލިކް ޖެކް ކުއްލިއަކަށް އުފުރިގެން އައިސް ހިނގާދިޔަ ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއްލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ލޯންޗުގެ ހައިޑްރޯލިކް ޖެކް ވިއްސައިގެން އައުމުގެ ސަބަބުން 40 އަހަރުގެ މި ފިރިހެންމީހާގެ ބޮލަށް ލިބުނު އަނިޔާއަށް ފަރުވާކުރުމަށް މިއަދު މެންދުރު 1 ޖަހާކަންހާއިރު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވި މިހާރު ފަރުވާދެވެމުން ދާއިރު، އޮޕަރޭޝަން ޑޮކްޓަރާއި އެހެނިހެން ޑޮކްޓަރުންގެ ލަފަޔާއެކު އޭނާ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް މިހިނދު ކުރަމުންގެންދާކަން މީގެ އިރުކޮޅެއް ކުރިން އެ ހޮސްޕިޓަލުން ވަނީ މިނޫހަށް ކަށަވަރު ކޮށްދީފައެވެ.

ހޮސްޕިޓަލުގެ ފަރާތުން މި ނޫހަށް މައުލޫމާތު ދެއްވަމުން އިންފޮމޭޝަން އޮފިސަރ ޙަސަން ފަޒީލް ވިދާޅުވެފައި ވަނީ، ބަލިމީހާގެ މިވަގުތުގެ ޢާންމު ޞިއްޙީ ޙާލަތު އެންމެ ސީރިއަށް ނޫންނަމަވެސް، ބޮލަށް ލިބިފައިވާ އަނިޔާތަކާއި ގުޅިގެން ހެދުނު ޓެސްޓްތަކާއި އެކްސްރޭއަށް ފަހުގައި އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ޑޮންޓަރުން ނިންމަވާފައިވާތީވެ އާސަންދައިގެ ޚަރަދުގައި ބަލިމީހާ މާލެ ފޮނުވުމުގެ އެންމެފަހުގެ ތައްޔާރީތަށް މިހިނދު ކުރެވެމުން ދާކަމަށެވެ.

ގިނަ ފަހަރަށް، ރަށްކާތެރިކަމާއި ސާލާމަތީ ގޮތުން ކަށަވަރުކުރަންޖެހޭ ކަންކަމަށް މާބޮޑަށް ފަރުވާލެއް ނުބަހެއްޓުމުގެ ސަބަބުންވެސް ކަނޑުމަތީގެ މިފަދަ ހާދިސާތަށް ހިނގަން މެދުވެރިވެއެވެ. ގދ. ތިނަދޫ ދޯންނެއްގައި ދާދިފަހުން ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި އެ ދޯންޏާއި އަދި މީހުންނަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އެ ހާދިސާގައި ލިބުނު އަނިޔާގެ ސަބަބުން ފުރާނަތައްވެސް ދުނިޔެއާ ވަކިވެގެން ގޮސްފައި ވެއެވެ.

ތިމާއާއި އަދި އެހެނިހެން މީހުންގެ މުދަލާއި ފުރާނައިގެވެސް ސަލާމަތާއި ރައްކާތެރިކަމުގެ ބޭނުމުގައި ކަށަވަރުކުރެވެންޖެހޭ މިންގަނޑުތަށް ކަށަވަރުކޮށްގެން މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށް ވާތީވެ މާބޮޑު ކަމެއްކަމަށް ނުހެދި ކޮށްލެވޭ ކުޑަކުޑަ ކަމަކުންވެސް، ބޮޑެތި ގެއްލުމުގެ އިތުރުން އިންތިހާއަށް ހިތާމަވެރި ކަންކަން ކުރިމަތިވުމަށް ހިނދުކޮޅެއްވެސް ނުނަގާނެކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަކީ، މަސައްކަތު މާހައުލުގައި ހިނގައިދާ މިފަދަ ހާދިސާތަކުގެ ގެއްލުން ކުޑަކުރެވޭނެ ކަމެއްކަން ކަށަވަރު ނޫންހެއްޔެވެ!

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *