އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ބަލީގައި މަރުވާ މުސްލިމުންގެ ޖަނާޖާގެ ކަންތައްތައް އިސްލާމް ދީނުގައި އޮތް ގޮތަށްކުރުމަށް ފުރުޞަތު ނުލިބިގެން އެ ހަށިތައް އަންދާނަމަ، ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތްކަމެއް ރައްކާތެރިކަމާއެކު އަދި ދީނުގައި ވާގޮތަށް ކޮށްދެއްވުމަކީ އެދެވިގެންވާ ކަމެއްކަމަށް ޖުމްހޫރީ ޕާރޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވެފައި މިވަނީ، ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައްކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ރާއްޖޭގެ އެހީތެރިކަން ހޯއްދެވުމަށް ލަންކާގެ ރައީސް ރައީސް ޞާލިޙަށް ސިޓީފުޅެއް ފޮނުއްވުމާއި ގުޅިގެން ދިވެހި ސަރުކާރުން އެކަމުގައި މަޝްވަރާކުރަމުން ގެންދާކަން ފޮރިން މިނިސްޓްރީން އިއްޔެ ހާމަކުރުމާއެކު ދީނީ ޢިލްމުވެރިންގެ އިތުރުން ސިޔާސީ ފަރާތްތަކުގެވެސް "ރައުޔު" ކަފިވެފައިވާ މި ދަނޑިވަޅުގައި މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
Lankaa gai Covid 19 jehigen maruvaa islaamun ge janaazaage kanthah dheenugaivaa gothah kurumah furusathu nulibigen e hashithah andhaanama Raajje in ekamah kohdhehven oiy kameh rahkaa theri kamaa eku dheenugaivaa gothah koh dheh vumakee edhevigen vaakameh .
— Qasim Ibrahim (@qasimibrahim) December 15, 2020
އަދުގެ ކޯލިޝަން ސަރުކާރުގެ މުހިންމު ބައިވެރިއެއް ކަމުގައިވާ ޤާސިމް އިބްރާހީމް، ލަންކާގައި ކޮވިޑް-19 ޖެހިގެން ނިޔާވާ މުސްލިމުންގެ ހަށިތައް ރާއްޖެގެނެސް ވަޅުލުމަށް ތާޢީދުކުރަށްވާކަން ހާމަވާ މޭރުމަކުން މިއަދު ޓްވީޓެއް ކުރަށްވާފައި ވާއިރު، ކޯލިޝަން ސަރުކާރުގެ މުހިންމު އެހެން ބައިވެރިއެއްކަމަށްވާ ރައީސް މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި، އެކަމާ ފާޅުގައި ދެކޮޅުހައްދަވާފައި ވާކަން ފާހަގަކޮށްލެވެއެވެ.