Ad

ކާމިޔާބު ދުވަސްތަކެއް ލިވަޕޫލްއާއެކު ހޭދަކުރި ކުރީގެ ކޯޗު ޖެރާޑް ހޫލިއާ މަރުވެއްޖެ

ލިވަޕޫލާއި، ޕީއެސްޖީ އަދި ފްރާންސަށް ވެސް ކޯޗުކަން ކޮށްދިން ޖެރާޑް ހޫލިއާ އުމުރުން 73 އަހަރުގައި މަރުވެއްޖެއެވެ.

ހޫލިއާ އެންމެ ފުރަތަމަ ކޯޗުކަމާ ހަވާލުވި ޕީއެސްޖީއަށް 1986 ވަނަ ސީޒަނުގެ ލީގު ތަށި ހޯދައިދީ 1988 ވަނަ އަހަރު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމުގެ އެސިސްޓްންޓް ކޯޗުކަމާ ހަވާލުވެފައެވެ. އެޔަށްފަހު އޭނާ ރަސްމީކޮށް ފްރާންސްގެ ކޯޗުކަމާ ހަވާލުވީ 1992 ގަ އެވެ. އެހެން ނަމަވެސް 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕުން ފްރާންސަށް ފުރުސަތު ގެއްލުމުން ހޫލިއާ ވަނީ އިސްތިއުފާ ދީފައެވެ.

އޭނާ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކޮއްފައިވަނީ އިނގިރޭސިވިލާތުގެ ލިވަޕޫލްގައިއެވެ. ލިވަޕޫލުގެ ކޯޗުކަމާ އޭނާ ހަވާލުވީ 1998 ގައެވެ. ލިވަޕޫލަށް ފަސް ތަށި ހޯދައިދިން ހޫލިއާ ވަނީ އެޓީމުގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނިފައެވެ. އެހެން ނަމަވެސް ހިތުގެ މައްސަލައެއް ޖެހި ހާލު ދަށްވާން ފެށުމުން އޭނާ އޭރު ލިވަޕޫލް ދޫކޮށްލި އެވެ. އޭގެ ފަހުން ފްރާންސަށް އެނބުރި ގޮސް ލިޔޮންއަށް ޖެހި ޖެހިގެން ދެފަހަރު ލީގު ތަށި ހޯދައިދީފައެވެ.

އޭނާ ވަނީ ފަހުން ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *