Ad
އައިޖީއެމްއެޗް ހޮސްޕިޓަލުގައި 2015 ވަނަ އަހަރު ހުޅުވުނު އައު ލެބޯޓަރީގައި މުވައްޒަފަކު މަސައްކަތް ކުރަނީ-: ފޮޓޯ: އައިޖީއެމްއެޗް
އައިޖީއެމްއެޗް ހޮސްޕިޓަލުގައި 2015 ވަނަ އަހަރު ހުޅުވުނު އައު ލެބޯޓަރީގައި މުވައްޒަފަކު މަސައްކަތް ކުރަނީ-: ފޮޓޯ: އައިޖީއެމްއެޗް

ރާއްޖެއިން ބޭރަށް ފޮނުވައިގެން ލެބޯޓްރީ ޓެސްޓް ހެދުމުގެ ޚިދުމަތް އަލުން ފަށައިފި

ރާއްޖެއިން ބޭރަށް ފޮނުވައިގެން ހައްދާ ލެބޯޓްރީ ޓެސްޓްތައް ހެދުން ކޮވިޑް 19 އާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު މިއަދު އަލުން ފެށޭނެކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައ.ިޖ.ީއެމް.އެޗް) އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މައި ހަސްފަތާލު އައިޖީއެމްއެޗް އިން މިކަން ހާމަކޮށްފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ހޮސްޕިޓަލުން ކޮށްފައިވާ ޓްވީޓެއްގައެވެ.

އަލުން ފެއްޓުމަށް ނިންމި މި ޚިދުމަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން، ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި އެ ހޮސްޕިޓަލުގެ ލެބޯޓްރީ މެޑިސިން ޑިޕާޓްމަންޓްގެ ނަންބަރު 3335122 އަށް ގުޅުމުން މައުލޫމާތު ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ރާއްޖޭގައި ހެދެން ނުހުންނަ ޓެސްޓްތައް ހެދުމަށް ބަލިމީހާ ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖެއިން ސާމްޕަލް ނަގައި އެ ސާމްޕަލް ބޭރަށް ފޮނުވައިގެން ޓެސްޓްތައް ހަދައިގެން ބައްޔަށް ފަރުވާކުރުމަކީ އައިޖީއެމްއެޗުން ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ. ކޮވިޑް-19 ގެ ސަބަބުން ބައިނަލް އަޤްވާމީ ދަތުރުފަތުރު "ހުއްޓުމަކަށް" އައުމުގެ އިތުރުން އެހެނިހެންވެސް ފިޔަވަޅުތަކާހުރެ މި ޚިދުމަތް މެދުކެނޑިފައި އޮންނަތާ މަސްތަކަކަށް ފަހު އަލުން ޚިދުމަތް ފެށިގެން ދިއުމާއެކު ޢާންމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *