Ad

ކުރިން ވީއޭއާރް އަށް ތާއިދު ކުރެވުނީތީ ހިތާމަކުރަން: ކުލޮޕް

ފަހަކަށް އައިސް އިނގިރޭސި ޕްރިމިއާ ލީގުގައި ވީއޭއާރުގެ ގޯސް ނިންމުންތަކެއްގެ ސަބަބުން ލިވަޕޫލަށް ޕޮއިންޓް ގެއްލިފައިވާ ދަނޑިވަޅުގައި ކްލޮޕް ވަނީ ވީއޭއާރަށް ކުރިން ކުރި ތާއީދު އެއްކޮށް ގެއްލިފައިވާ ކަމަށް ބުނެފި އެވެ.

"މައްސަލަ އަކީ އެކަމަށް މާ ގިނަ އިރު ނަގާތީ. ކުރިން އެކަން އެހާ ބޮޑަކަށް ފާހަގައެއް ނުވޭ. އެކަމަކު މިހާރު ވަރަށް ސާފު ވެއްޖެ،" ކްލޮޕް ބުނިއެވެ. ކްލޮޕް ބުނީ، ވީއޭއާރަކީ ރެފްރީންގެ ނިންމުންތައް ފަސޭހަ ކުރުމަށް ގެނައި އީޖާދެއް ކަމަށާއި، އެކަމަކު ކުރި ސޯޓުބުރި ލައިގެން ތިބި ކުޅުންތެރިން އެހާ ފިނީގައި ހަތަރު ނުވަތަ ފަސް މިނަޓު ބޭތިއްބުމަކީ ހަގީގަތުގައި ކުޅުންތެރިންނަށް ލިބޭނެ ވަރުބަލި ކަމެއް ކަމަށެވެ.

"އަހަރެން ކުރިން ވީއޭއާރަށް ތާއީދު ކުރީ އެކަމުގެ ސަބަބުން ލިބޭނެ ކަމަށް ލަފާކުރި ފައިދާތައް ގިނަވީމަ. އެކަމަކު މިހާރު އެކަމާ ހިތާމަކުރަން. ވީއޭއާރުގެ ސަބަބުން އެންމެ ފުރިހަމަ ފައިދާއެއްވުރެން ގެއްލުން ބޮޑު." ކުލޮޕް ބުނިއެވެ.

މި ސީޒަންގައި ވީއޭއާރްގެ ސަބަބުން ލިވަޕޫލްވަނީ މުހިންމު މެޗުތަކަގު މުހިންމު ލަނޑުތަކެއް ގެއްލިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *