Ad
މާފިލާފުށީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި މުޙައްމަދު މޫސާ އިއްޔެ އަޅުއްވައިދެއްވަނީ-: ފޮޓޯ: އެމްއެމްޑީއެފް
މާފިލާފުށީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި މުޙައްމަދު މޫސާ އިއްޔެ އަޅުއްވައިދެއްވަނީ-: ފޮޓޯ: އެމްއެމްޑީއެފް

ޗަންޕާ އުއްޗުގެ އެހީއާއެކު މާފިލާފުށީގައި ސިފައިންނަށް އެކްޒެކެޓިވް ބޮލޮކެއް

މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ގެ ހިލޭ އެހީގެ ދަށުން އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށީގައި އަލަށް އިމާރާތްކުރާ އެގެޒެކެޓިވް ބުލޮކްގެ ބިންގާ އަޅައިފިއެވެ.

އެކަމަށް ޚާއްސަކޮށްގެން އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މާފިލާފުށީގައި ޤާއިމުކުރެވޭ މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އެވެ.

މި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުޙައްމަދު މޫސާއަށް ޝުކުރުއަދާކުރައްވައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ އެކިއެކި ކަންކަމަށް ޗަމްޕާ މުޙައްމަދު މޫސާ ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި އެންމެހާ ސިފައިންގެ ނަމުގައި މުޙައްމަދު މޫސާއަށް ޝުކުރު އަދާކުރެއްވިއެވެ.

ޗަމްޕާ މުޙައްމަދު މޫސާ ގެ ދީލަތި އެހީތެރިކަމާއެކުގައި ސިފައިންގެ މަރުކަޒު ޅ. މާފިލާފުށީގައި އަލަށް ޢިމާރާތްކުރެވޭ މި އެގްޒެކެޓިވް ބްލޮކްގައި ހިމެނެނީ 6 ކޮޓަރިކަމަށްވެސް ޤައުމީ ދިފާޢީ ބާރު އެމްއެންޑީއެފް އިން ހާމަކޮށްފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *