Ad
މެކްސްކޮމްއިން ހުޅުމާލޭ އީ-ލައިބްރަރީއަށް މިއަދު ޓެބްލެޓް ހަދިޔާކުރުމުގެ ތެރެއިން -: ފޮޓޯ: އެޗްޑީސީ
މެކްސްކޮމްއިން ހުޅުމާލޭ އީ-ލައިބްރަރީއަށް މިއަދު ޓެބްލެޓް ހަދިޔާކުރުމުގެ ތެރެއިން -: ފޮޓޯ: އެޗްޑީސީ

މެކްސްކޮމް އިން ހުޅުމާލޭ އީ-ލައިބްރަރީ އަށް ކޮމްޕިޔުޓަރ ޓެބްލެޓް ހަދިޔާކޮށްފި

"ހުޅުމާލޭ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ޤާއިމުކުރެވޭ އީ-ލައިބްރަރީ އަކީ "ޢުޤައިލް ފައުންޑޭޝަން" ގެ ފަރާތުން ތަރައްޤީކުރާ އެންމެ ޒަމާނީ ލައިބްރަރީއެއް"

އިންފޮމޭޝަން ޓެކްނޮލިޖީގެ ދާއިރާގައި އަމިއްލަ ދިވެހި ވިޔަފާރިއެއް ކަމުގައިވާ މެކްސްކޮމް ޓެކްނޮލޮޖީ އިން، ހުޅުމާލޭގައި ތަރައްޤީ ކުރެވެމުންދާ އީ-ލައިބްރަރީއަށް ކޮމްޕިޔުޓަރ ޓެބްލެޓްތަކެއް ހަދީޔާކޮށްފި އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ހުޅުމާލޭގައި ތަރައްޤީކުރެވޭ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ޤާއިމުކުރެވޭ އީ-ލައިބްރަރީ އަށް މެކްސްކޮމް އިން 10 ކޮމްޕިޔުޓަރ ޓެބްލެޓް މިއަދު ހަދިޔާކޮށްފައި ވެއެވެ.

ހުޅުމާލޭ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ޤާއިމުކުރެވޭ އީ-ލައިބްރަރީ އަކީ ޕްރޮފެސަރ އުޤައިލް ގެ "ޢުޤައިލް ފައުންޑޭޝަން" ގެ ފަރާތުން، ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ތަރައްޤީކޮށްދޭ ޒަމާނީ ލައިބްރަރީއެއްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *