Ad

ބާސާގެ ދަނޑުގައި މެސީގެ 300 ވަނަ މޮޅު!

ސްޕެނިޝް ލަލީގައި ރޭ ބާސެލޯނާ ވަނީ މޮޅުވެ ސޮސިޑާޑް ލީގުގެ އެއްވަނައަށް ދިޔުމަށް އޮތް ފުރުސަތައް ހުރަސް އަޅައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ ބާސެލޯނާ މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ލަނޑުތައް ފެނިގެން ދިޔައިރު ސޮސެއިޑާޑްގެ ވިލިއަމް ޖޯސް ލަނޑެއް ޖަހައި ކުރި ހޯދައިފަ ވަނިކޮށް ބާސާއިން ނަތީޖާ ހަމަހަމަކުރީ ޖޯޑީ އަލްބާއެވެ. މެޗުން ބާސެލޯނާ މޮޅުވި ލަނޑު ފުރަތަމަހާފް ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކުރީ ފްރޭންކް ޑި ޖޮންއެވެ.

މިއީ ހުސްވި ފެބްރުއަރީ މަހުގެ ފަހުން އޭނާ ކުލަބަށް ކާމިޔާބުކޮއްދިން ފުރަތަމަ ލަނޑެވެ. އޭނާ ވަނީ އެންމެފަހުން ލަލީގައި ކުޅުނު ދެމެޗުގައި ދެލަނޑުޖެހުމަށް ހިއްސާވެފައެވެ. މިއީ ބާސެލޯނާގެ ދަނޑުގައި ކެޕްޓަން ލިއޮނަލް މެސީ ހޯދި 300 ވަނަ މޮޅެވެ. އެއީ ލަލީގާގައި 211 މެޗާއި، ޗެމްޕިއަންސް ލީގުގެ 53 މެޗާއި، ކޮޕަޑެލްރޭގެ 30 މެޗާއި، ސުޕަކަޕްގެ 6 މެޗެވެ.

ރޭގައި ހޯދީ މޮޅާއެކު ބާސެލޯނާ ވަނީ ލަލީގާގެ ތާވަލުގެ 5 ވަނައަށް ކުރިޔަށްޖެހިލާފައެވެ. އެއީ 12 މެޗުން ހޯދި 20 ޕޮއިންޓާއެކުއެވެ. ސޮސެއިޑާޑް ދެވަނައިގަ އޮތީ 14 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. 11 މެޗުން މިއަދަދަށް ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑް އެއްވަނައިގަ އޮތްއިރު ރެއާލް މެޑްރިޑް ތިންވަނައިގަ އޮތީ 13 މެޗުން ހޯދި 26 ޕޮއިންޓާއެކުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *