Ad

އިިޒްރޭލުން ފަލަސްތީނުގެ އަވަށެއް 181 ވަނަ ފަހަރަށް ސުންނާފަތިކޮށްފި

މުސްލިމުންގެ ޤަދީމީ އަދި މުޤައްދަސު ދައުލަތެއްކަމަށްވާ ފަލަސްތީނުގެ ދުވަސްވީ އަވަށެއްކަމަށްވާ އަލް ޢަރާޤީބު އަވަށުގެ ގެތައް އިޒްރޭލުން 181 ވަނަ ފަހަރަށް ސުންނާފަތި ކޮށްފިއެވެ.

އެތަކެއް ހާސް އަކަ ކިލޯމީޓަރަށްވުރެ ބޮޑު އައް ނަޤަބު ސަހަރާގެ ތެރޭގައި ހިމެނޭ މި ކުޑަ އަވަށުގައި ދިރިއުޅެމުން ގެންދާ ފަލަސްތީނުގެ ޢަރަބި ބަދަވީ (ދުވަސްވީ ޤަބީލާ) 22 ޢާއިލާއެއް ގެ ގެދޮރު، އެންމެ ފަހުން އިއްޔެ، އިޒްރޭލުން ސުންނާފަތި ކޮށްފައި ވާއިރު، ކޮވިޑް-19 ފެތުރެން ފެށި ފަހުންވެސް މިއީ ފަސްވަނަ ފަހަރެވެ. 2000 ވަނަ އަހަރުން ފެށިގެން ފާއިތުވެ މިދިޔަ 20 އަހަރުގެ ތެރޭގައި 181 ވަނަ ފަހަރެވެ.

ފަލަސްތީނު އަލް ޢަރާޤިބު އަވަށުގެ ރައްޔިތުންތަކެއް ޓެންޓެއްގެ ތެރޭގައި(1985)-:ފޮޓޯ: ފްލިކަރ/އިޒްރޭލުގެ ޖީޕީއޯ

ޔަހޫދީން ގަދަކަމުން މެދުއިރުމައްޗަށް ވެރިވެގަނެގެން އަތުލައިގެންފައިވާ، މިހާރު އިޒްރޭލުގެ ސިޓީއެއްކަމުގައިވާ ބިރްޝެބާ (ބިއުރު ސަބްޢަ) އާ 8 ވަރަކަށް ކިލޯމީޓަރު ދުރުގައި އައް ނަޤަބު ސަހަރާގެ ތެރޭގައިވާ އަލް ޢަރާޤީބު އަވަށުގައި ކުދި ގެތައް އަޅައިގެން ޓެންޓްތައް ޖަހައިގެން ދިރިއުޅެމުން ގެންދާ ފަލަސްތީނުގެ ނިކަމެތި މި ރައްޔިތުންގެ ގެދޮރު އިޒްރާއީލުން ބުލްޑޯޒަރުތަކާއި ހައިމާކު އަދި ޓްރެކްޓަރު ފަދަ ތަކެތި ބޭނުންކޮށްގެންވެސް ތަކުރާރުކޮށް ސުންނާފަތި ކުރަމުން ގެންދިޔަ ނަމަވެސް، އެ ރައްޔިތުން ގެންދަނީ އަލުން ޓެންޓުތައް ޖަހައި ގެތައް އަޅަމުންކަންވެސް ފާހަގަ ކޮށްލެވެއެވެ. އެކަމަކީ ޤާނޫނީ ކުށެއްކަމަށް ބުނެ ފަލަސްތީނުގެ އެތަކެއް ރައްޔިތުންނާ މެދު އިޒްރޭލުން އަނިޔާވެރިވެފައި ވީނަމަވެސް މެއެވެ.

އަލް ޢަރާޤީބު އަވަށަކީ، އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ އަތްގަދަކުރުމުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް ކަށަވަރުގެންވާ ބިމުގެ ގޮތުގައި ޔަހޫދީން ސުވާލު އުފައްދަމުން ގެންދާ 51 ސަރަޙައްދުގެ ތެރެއިން ހިމެނޭ ސަރަޙައްދަކަށް ވާއިރު، މިހާރު އިޒްރޭލުގެ ސިޓީއެއްކަމުގައި ބެލެވޭ ބިރްޝެބާ (ބިއުރު ސަބްޢަ) އަކީވެސް، ޢުޘްމާނީންގެ ވެރިކަމުގެ ފަރާތުން އައް ނަޤަބު ސަހަރާއިން 1900 ވަނަ އަހަރުގައި އެންމެ ފުރަތަމަ 500 ވަރަކަށް އޭކަރުގެ ސަރަހައްދެއް ގަނެގެން ބިނާކޮށް އާބާދުކުރި ފަލަސްތީނުގެ އަވަށެކެވެ.

އަލް ޢަރާޤީބު ސަރަހައްދަކީ، ދަނޑުބިމުގެ އިތުރުން ފަތުރުވެރިކަމުގައި މުހިންމު ސަރަހައްދުތަކުގެ މައްޗަށް އެކުލެވިގެންވާ ސަރަހައްދެއް ކަމަށް ވާއިރު، ޔަހޫދީ ދައުލަތުގެ ސަރުކާރުގެ ފަރާތުން އެ ސަރަހައްދުން އެތަކެއް ދަނޑުބިންތަކެއް ގަދަބާރުން އަތުލައިގަތުމުގެ ރަސްމީ މަޝްރޫޢުތައް ހިންގަމުން ދާކަންވެސް ފާހަގަކޮށްލެވެއެވެ.

(މެދުއިރުމަތީގެ ޢަރަބި މީޑިއާތައް)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *