Ad
ޢަދާލަތު ޕާޓީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-: ފޮޓޯ: ސަން
ޢަދާލަތު ޕާޓީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން-: ފޮޓޯ: ސަން

ޢަދާލަތު ޕާޓީގެ ވެބްސައިޓް "ސަސްޕެންޑް" ކޮށްފި

ރާއްޖޭގެ ދީނީ ޢިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީއެއްކަމަށްވާ "ޢަދާލަތު" ޕާޓީގެ ރަސްމީ ވެބްސައިޓް ސަސްޕެންޑް ކޮށްފިއެވެ.

އަދާލަތު ޕާޓީގެ ވެބްސައިޓް ސަސްޕެންޑް ކޮށްފައި ވާކަން ހާމަވީ، އެ ވެބްސައިޓަށް ވަންނަން މަސައްކަތްކުރުމުން، "ތިޔަ އެކައުންޓްވަނީ ސަސްޕެންޑް ކުރެވިފައި" ކަމަށްބުނެ މެސެޖެއް ލިބުމުންނެވެ.

ޢަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ ޝައިޚަކަށް މިނޫހުގެ ފަރާތުން ގުޅާލުމުން އެފަދަ ކަމެއް ހިނގާފައިވާކަން އެފަރާތްތަކަށް އެނގިލައްވާފައި ނުވާކަމާއި، އެކަން ޖެހޭނީ އިތުރަށް ބައްލަވައި ސާފުކުރަށްވަން ކަން ހާމަކުރެއްވިއެވެ.

އެހެންނަމަވެސް، އެޕާޓީގެ އޮފީހުގައި މަސައްކަތް ކުރަށްވާ ފަރާތަކުން ވަނީ ވެބްސައިޓް ސަސްޕެންޑް ކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އެފަރާތުން އިތުރަށް ހާމަކުރެއްވި ގޮތުގައި އެ މައްސަލަ ދިމާވެފައި ވަނީ ބައެއްގެ "ހަމަލާއަކުން" ނޫންކަންވެސް ފާހަގަކުރެއްވިއެވެ.

ޕާޓީގެ ވެބްސައިޓް ސަސްޕެންޑް ކުރެވުނު މައްސަލާގައި އިތުރަށް މައުލޫމާތު ސާފުކޮށްދެއްވަމުން އެފަރާތުން ހާމަކުރެއްވި ގޮތުގައި، ސައިޓު ހޮސްޓްކޮށްފައިވާ ފަރާތަށް ދައްކަންޖެހޭ ފައިސާއެއް ދެއްކުމުގެ ކަންތަކާ ގުޅިގެން ވަގުތީ ގޮތުން ސައިޓް "ސަސްޕެންޑް" ކޮށްފައި ވަނީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *