Ad

ޗައިނާގެ ޓެކް ކުންފުނިތަކެއް އެމެރިކާއިން ބްލެކްލިސްޓްކޮށްފި

ޗައިނާގެ މަޝްހޫރު ޑްރޯން އުފައްދާ ކުންފުނި ޑީ.ޖޭ.އައި އަދި ޗިޕް އުފައްދާ ކުންފުނި އެސް.އެމް.އައި.ސީ ހިމެނޭގޮތަށް 77 ކުންފުންޏެއް އެމެރިކާގެ ވިޔަފާރީގެ ބްލެކްލިސްޓަށް އިތުރުކޮށްފިއެވެ. މީގެ ތެރޭގައި ގިނައީ ޗައިނާގެ ކުންފުނިތަކެވެ. މި ލިސްޓް ތައްޔާރު ކުރަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާރސްއިންނެވެ. މީގެކުރިން ޗައިނާގެ 275 ކުންފުނި މި ލިސްޓްގައި ވަނީ ހިމަނާފައިވެއެވެ. އޭގެތެރޭގައި މަޝްހޫރު ޓެލެކޮމް ކުންފުނި ވާވޭ ވެސް ހިމެނެއެވެ. މިފިޔަވަޅަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގޮތްދޫނުކުރުމާއި، ޗައިނާއާއި ދެކޮޅައް ގެންގުޅޭ ހަރުކަށި ސިޔާސަތު  ދައްކުވައިދޭ އަމަލެކެވެ.

އެމެރިކާގެ ސަރުކާރުން މައުލޫމާތުދޭ ގޮތުން އެސް.އެމް.އައި.ސީ ބްލެކްލިސްޓް ކޮށްފައިވަނީ އެކުންފުންޏާއި ޗައިނާގެ މިލިޓަރީއާއި އޮންނަ ގުޅުމުގެ ސަބަބުންނެވެ. އެގޮތުން އެމެރިކާގެ މުހިއްމު ޓެކޮނޮލޮޖީ އެސް.އެމް.އައި.ސީ އަށް އެކްސްޕޯޓް ކުރުން ހުއްޓުވުމަށް މި ފިޔަވަޅު އަޅަން މަޖުބޫރުވީއެވެ. އެމެރިކާގެ އޮފިޝަލުން ބުނާގޮތުން ކުރު އަދި މެދުރާސްތާގެ ބެލިސްޓިކް މިސައިލް ޓެކޮނޮލޮޖީ އުފެއްދުމުގައި އެސް.އެމް.އައި.ސީ އިން ޗައިނާގެ މިލިޓަރީއަށް އެހީތެރިވެފައިވާ ކަމުގެ ހެކި ވަނީ ލިބިފައެވެ.

މި ބްލެކްލިސްޓްގެ ނަތީޖާއަކަށް ވާނީ މި ލިސްޓްގައި ހިމެނޭ އެއްވެސް ކުންފުޏަކަށް އެމެރިކާގެ ކުންފުންޏަކުން މުދަލެއް އެކްސްޕޯޓް  ކުރަންބޭނުންވާނަމަ އެމެރިކާ ސަރުކާރުގެ ހާއްސަ ހުއްދައެއް ބޭނުންވުމެވެ. މީގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް އެންމެފަހުގެ މައިކުރޯ ޗިޕް އުފެއްދުމުގައި ވަރަށްބޮޑު ދަތިތަކެއް ކުރިމަތި ވާނެއެވެ.

އެސް.އެމް.އައި.ސީގެ އިތުރުން އެމެރިކާގެ ސަރުކާރުން ޗައިނާގެ ޑީ.ޖޭ.އައި ކުންފުނި ވެސް ވަނީ ބްލެކުލިސްޓް ކޮށްފައެވެ. އެމެރިކާއިން ބުނާގޮތުން ޑީ.ޖޭ.އައި ކުންފުނި ބްލެކްލިސްޓްކޮށްފައި ވަނީ އެކުންފުނިން ޗައިނާއިން ހިންގަމުންދާ އިންސާނީ ހައްގުތަކާ ދެކޮޅު އަމަލުތަކަށް އެހީތެރިވަމުން ދާތީއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *