Ad

ބޮޑު ތަފާތަކުން ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލްގެ ފެންވަރު ދައްކާލައިފި

ބޮޑު ތަފާތަކުން ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލްގެ ފެންވަރު ދައްކާލައިފިއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލުން ކާމިޔާކުރީ 7-0 ގެ ބޮޑު ތަފާތަކުންނެވެ. މެޗް ލިވަޕޫލުން ފެށީ މިސްރުގެ މުޙައްމަދު ސަލާހުގެ ބަދަލުގައި ޖަޕާނުގެ މިނަމީނޯ ކުޅެން އަރުވައިގެންނެވެ. މެޗްގެ ފުރަތަމަ ގޯލް ތިންވަނަ މިނެޓްގައި ސާޑިއޯ މާނޭގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މިނަމީނޯއެވެ.

ދެވަނަ ގޯލް 35 ވަނަ މިނެޓްގައި މާނޭ ކާމިޔާކުރީ ފިރުމީނޯގެ އެހީތެރިކަމާއެކުގައެވެ. އަދި 3 ވަނަ ގޯލް ރޮބަޓްސަންގެ އެހީތެރިކަމާއެކު ފިރްމީނޯ ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފަހު މިނެޓްގައެވެ.

މެޗްގެ 4 ވަނަ ލަނޑު އާނޯލްޑްގެ އެހީތެރިކަމާއެކު ކެޕްޓަން ހެންޑަސަން ކާމިޔާބުކުރީ 52 ވަނަ މިނެޓްގައެވެ. މެޗްގެ 57 ވަނަ މިނެޓްގައި މާނޭގެ ބަދަލުގައި މުޙައްމަދު ސަލާހު ވަނީ ކުޅެން ނިކުމެފައެވެ. ސަލާހު ކުޅެން ނިކުތުމަށްފަހު އެ ޓީމުން ކާމިޔާބުކުރި 3 ގޯލްގެ ތެރެއިން 2 ގޯލް އޭނާ ކާމިޔާބު ކުރި އިރު މެޗްގެ 5 ވަނަ ގޯލް ފިރުމީނޯ ކާމިޔާކުރީ ސަލާހު ދިން ރީތި ބޯޅައަކުންނެވެ.

 

6 ވަނަ ގޯލް ޑިފެންޑަރ މަޓިޕްގެ އެހީތެރިކަމާއެކު ސަލާ ކާމިޔާބު ކުރިއިރު މެޗްގެ ފަހު ލަނޑު އޭނާ ކާމިޔާބުކުރީ ގިނަ ދުވަސްތަކަކަށް ފަހު ކުޅުމުގެ ތެރެއަށް މިރޭ އައި ޗެމްބަލައިންގެ އެހީތެރިކަމާއުގައެވެ. މިމެޗްގައި ލިވަޕޫލުން ގޯލާ އަމާޒުކޮށް ފޮނުވާލި ހުރިހާ ހަމަލާއެއްވެސް ގޯލްތެރެއަށް ވަދެފައިވާކަން ފާހަގަކޮށްލެވެއެވެ.

މިނަތީޖާއާއެކު 6 ޕޮއިންޓްގެ ލީޑަކާއެކު ލިވަޕޫލުން ވަނީ ޕޮއިންޓް ޓޭބަލްގެ 1 ވަނައިގައި ހަމަޖެހިލާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *