Ad
އިޒްރޭލުގެ ފުރަތަމަ ފްލައިޓް ވެރިރަށް ތެލްއަވީވް އިން ޑުބާއީއަށް ދިއުމަށް ފުރަނީ-: ފޮޓޯ: އޭއެފްޕ
އިޒްރޭލުގެ ފުރަތަމަ ފްލައިޓް ވެރިރަށް ތެލްއަވީވް އިން ޑުބާއީއަށް ދިއުމަށް ފުރަނީ-: ފޮޓޯ: އޭއެފްޕ

ޔޫއޭއީ-އިޒްރޭލް ގުޅުމާއެކު "ހަށި ވިއްކުން" ވިޔަފާރި މެކުހަށް

މެދުއިރުމަތީގެ ޢަރަބި މުއްސަނދި ދައުލަތެއްކަމަށްވާ ޔޫ.އޭ.އީ އާއި ޔަހޫދީ ދައުލަތް އިޒްރޭލާ ދެމެދު ރަސްމީކޮށް ގުޅުން ޤާއިމުކޮށް ދެގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމާއެކު، ޢަރަބި މި ދައުލަތުގައި "ހަށި ވިއްކުން" ވިޔަފާރި އިންތިހާއަށް އިތުރުވެއްޖެއެވެ.

އިޒްރާއީލުގެ ވައިނެޓް ނިއުސްގައި މިކަން ރިޕޯޓުކޮށް ބުނެފައި ވަނީ، އިޒްރޭލުގެ ވެރިރަށް ތެލްއަވީވް އިން ޑުބާއީއަށް ސީދާ ފްލައިޓުތައް ފެށުމާއެކު، އިޒްރޭލުގެ ސައްޔާޙުން ޖިންސީ ޣަރީޒާތައް ފުއްދުމުގެ ބޭނުމުގައި "އާތްއައިނަށް" ޑުބާއީ އަށް ޒިޔާރަތް ކުރަމުން ގެންދާކަމަށެވެ.

ޑުބާއީގައި ހުންނަ ދުނިޔޭގެ ފެންވަރުގެ އަގުބޮޑެތި ހޮޓާތަކާއި ނައިޓްކުލަބުތައް އަދި އެތަންތަނުގެ ވަށައިގެންވާ މާހައުލުތަކުގައި، "އޭޖެންޓުން" އައިސް އެމީހުންގެ "ވިޔަފާރީ" ގައި ލިބެންހުރި "ވެރައިޓީސް" ތައް އައިޕޭޑް ނުވަތަ ސްމާޓް ފޯނުތަކުން އިޝްތިހާރު ކުރަމުންދަނީ، ޕިއްޒާފަދަ ކާބޯތަކެތި އިޝްތިހާރުކުރެވޭހާ ފާޅުކަން ބޮޑުގޮތެއްގައި ކަމަށްވެސް ވައިނެޓް ނިއުސްގައި ބުނެފައިވެއެވެ.

"އަހަރެން ބޭނުން އެއްފަހަރާ ދޭއް. އަހަރެން މިއުޅެނީ އިތުރު ދެރައްޓެހިންނާއެކު އެމީހުން ބޭނުންވޭ ތިނެއް"

ޑުބާއީގެ އަގުބޮޑެތި ހޮޓާތަކުގެ ލޮބީ އޭރިއާގައި އިޒްރޭލުގެ "ފަތުރުވެރިން" ގެ ފަރާތުން އިވެމުންދާ "ހަޅޭކަކީ" މިއީކަމަށްވެސް އެނޫހުގައި ބުނެފައި ވެއެވެ.

ޔޫ.އޭ.އީ އާއި އިޒްރޭލާއެކު ރަސްމީކޮށް ގުޅުން ގާއިމުކުރުމާއެކު ތެލްއަވީވް އިން ޑުބާއީއަށް ސީދާ ދަތުރުތައް މުޅިން އަލަށް ޑިސެމްބަރު ފުރަތަމަ ހަފްތާގައި ފެށިފައިވާއިރު، މިދަތުރުތަކަށް އެޤައުމުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ސަޢުދީ ޢަރަބިއްޔާއިން އިޒްރޭލަށް ދީފައި ވާކަަންވެސް ފާހަގަ ކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *