Ad

އިންޑިޔާ ކަނޑުގެ މުހިއްމުކަން ދުނިޔެއަށް އިންތިހާއަށް ބޮޑު

ދުވާލަކު 90،000 އުޅަނދު އިންޑިޔާކަނޑުން ދަތުރުކުރޭ. އެ އުޅަނދުތަކުގައި 10 ބިލިއަން ޑޮލަރުގެ ކާގޯ އުފުލާ

ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމަށް ބެލިއަސް، ވިޔަފާރިއަށް ވިސްނިއަސް، ދަތުރުފަތުރުގެ ރަސްތާއަށް ނަޒަރުކުރިއަސް އިންޑިޔާކަނޑަކީ ދުނިޔޭގެ ވަރަށް މުހިއްމު ވަސީލަތެކެވެ. މި ކަނޑާ ގުޅިފައިވާ މުހިއްމު ގައުމުތަކާއި ތަންތަނުގެ ހަރަކާތްތައް ފުޅާކުރުމަށްޓަކައި މިކަނޑުގެ ރައްކާތެރިކަމާއި ހަމަޖެހުން މުހިއްމެވެ. އެހެންވެ ގުޅިފައިވާ ގައުމުތަކުގެ ޓީމުތަކުން މިކަމުގައި މުހިއްމު މަސައްތަކެއް ގެންދަނީ ކުރަމުންނެވެ. އިންޑިޔާއާއި އޮސްޓްރޭލިއާ އާއި އެމެރިކާ، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުގެ އިތުރުން ވެސް ބޮޑެތި މުހިއްމު އެތައް ގައުމެއް އޮތީ އަތުގުޅާލާފައެވެ.

ދުނިޔޭގެ ފެނުގެ ސަތަހައިގެ 20 އިންތަ ހިއްސާކުރަނީ އިންޑިޔާ ކަނޑެވެ. އެއީ 70.5 މިލިއަން އަކަކިލޯ މީޓަރުގެ ސަރަހައްދެކެވެ. ކަނޑުގެ އުތުރުގައި އޮތީ އިންޑިއަން ސަބް ކޮންޓިނެންޓެވެ. ހުޅަނގަށް އެފްރިކާއެވެ. އިރުމަތީގައި އޮސްޓްރޭލިއާއެވެ. ދެކުން ގޮސް ގުޅެނީ އެންޓާކްޓިކް ކަނޑާއެވެ. އިންޑިއާ ކަނޑުގެ ފެތުރިގެން ގޮސްފައިވާ ގޮތުން އަރަބިއަން ކަނޑާ ބައްދަލުވެއެވެ. އުތުރުން ގޮސް ދިމާވަނީ ޕާކިސްތާން، އިރާން ފަދަ މުހިއްމު ގައުމުތަކާއެވެ. އަދި މުހިއްމު ކަނޑުގެ ޗެނަލްތަކުގެ ތެރެއިން އިރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ސްޓްރެޓް ހޯމުޒް ޗެނަލާއި އަދި އެސަރަހައްދުގެ އެންމެ މުހިއްމު ޝިޕިން ޗެނަލަކީ އޮމާނާއި އިރާނާ ދެމެދު އޮންނަ ކަނޑުއޮޅިއެވެ. މި ހުރިހާ މުހިއްމު ކަނޑުއޮޅިތަކެއް ގޮސް ފޫވެއްޓެނީ އިންޑިޔާކަނޑަށެވެ. އެތަންތަނުން ދަތުރުކުރާ ބޯޓުފަހަރު ދުނިޔޭގެ އެކި ހިސާބުތަކަށް މިސްރާބުޖަހަނީ އިންޑިޔާކަނޑުތެރެއިންނެވެ.

ދިވެހި ރާއްޖެ އެކަނޑެއްގައި އޮންނަ އިންޑިޔާ ކަނޑުގެ ހުޅަނގަށް ޖެހިލާއިރު، އަރަބިއަން ޕެންސިލްވޭނިއާ އަދި ސޯމާލިއާ އެއޮތީއެވެ. ޑިއެގޯ ގާސިޔާގެ ވާހަކަ އޮންނާނީ އަޑު އަހާފައެވެ؛ އިންޑިޔާކަނޑުގެ އެންމެ މުހިއްމު އެއް މިލިޓަރީ ބޭސްއަކީ އެއީއެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ފަސޭހަ ކަމާއެކު ހަމަލާދެވޭ ފަދަ ފަހި ލޮކޭޝަނެކެވެ.

ދުވާލަކު އެވެރެޖްކޮށް 90،000 ކަނޑު އުޅަނދު ފަހަރު އިންޑިޔާ ކަނޑު ހުރަސްކުރެއެވެ. އެ އުޅަނދުތަކުގައި 10 ބިލިއަން ޑޮލަރުގެ ކާގޯ އުފުލައެވެ. އަދި ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 65 އިންސައްތައިގެ މުޢާމަލާތްތައް ހިނގަނީ އިންޑިޔާކަނޑުގެ ރޫޓުތަކުންނެވެ. އެއީ ދުވާލަކަށް ގާތްގަނޑަކަށް 36 މިލިއަން ފީފާގެ ތެލެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *