Ad
މެންބަރު އިމްތިޔާޒް ފަހުމީ އަދި ކުރީގެ އިސްޤާޟީ ޙައިލަމް، ދެބޭފުޅުން ގެންދަވަނީ ހޫނު ރައްދުތަކެއް ބަދަލުކުރަށްވަމުން
މެންބަރު އިމްތިޔާޒް ފަހުމީ އަދި ކުރީގެ އިސްޤާޟީ ޙައިލަމް، ދެބޭފުޅުން ގެންދަވަނީ ހޫނު ރައްދުތަކެއް ބަދަލުކުރަށްވަމުން

ކުރީގެ އިސް ޤާޟީ ޙައިލަމާއި މެންބަރު އިންތި ޓްވިޓާގައި ހޫނު "ޒުވާބަކަށް"

"އަލީ ޙަމީދަކީ ވެސް، ޢަބްދުﷲ ދީދީ އަކީ ވެސް އަދި ހައިލަމަކީ ވެސް ފަނޑިޔާރުކަން ކުރުމުގައި އިނދެވިގެންވާނޭ ބައެއް ނޫން! ދެން ކޯޗެކޭ ތި ކިޔަނީ؟" މެންބަރު އިމްތިޔާޒު

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަޙްމަދު ޙައިލަމާއި ރައްޔިތުންގެ މަޖްލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ޓްވިޓާގައި ބަދަލުކުރަށްވަމުން ގެންދެވި ރައްދުތައް "ހޫނު" ވެ ޒުވާބަކަށް ބަދަލުވެއްޖެއެވެ.

ރައްޔިތުންގެ މަޖްލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރަށްވާ މެންބަރު އިމްތިޔާޒާއި ރައީސް ޔާމީނުގެ ޝަރީޢަތް ކުރެއްވި ޤާޟީ ޙައިލަމާ ދެމެދު ބަހުސް ފެށިގެން ދިޔައީ، ކުރީގެ އުއްތަމަ ފަނޑިޔާރު ކުރެއްވި ޓްވީޓަކާ ގުޅިގެނެވެ.

"ރ.ޔާމީނުގެ އަމުރަށް ސ.ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއް. ބަލަންޖެހޭ ޙަޤީޤީ މައްސަލައަކީ، ޤާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު/ކުރެވޭ ފަރާތްތަކުގެ މައްސަލަ"

ރައްޔިތުންގެ މަޖްލީހުން ދާދިފަހުން ފާސްކުރަށްވައި ރައީސުލް ޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވި "އިންތިޤާލީ އިންޞާފުގެ ޤާނޫނު" އާ ގުޅިގެން، މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރަށްވާ އަލްޙާން ފަހުމީ ކުރެއްވި ޓްވީޓެއް ހިމަނުއްވައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ކުރެއްވި އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީގެ މި ޓްވީޓާ ގުޅިގެން އެމަނިކުފާނަށް ރައްދުދެއްވައި، އެ މަނިކުފާނަކީ ކޯޓު ތެރޭގައިވެސް ބަޣާވާތް ކުރެއްވި ބޭފުޅެއްކަމަށް މެންބަރު އިންތި ވިދާޅުވިއެވެ.

މެންބަރު އިމްތިޔާޒުގެ ވާހަކައާ ވިއްދަވައި، މީގެ ކުރިން މެންބަރު އިންތި ވަރަށް ޖޯޝާއި ފޯރީގައި ޖުޑީޝަރީއާ ބެހޭގޮތުން ވާހަކަދައްކަވާ ވީޑިއޯއެއް ހިމެނުއްވުމަށްފަހުގައި އިންތިއަށް ނިޞްބަތްކުރަށްވައި، ފަނޑިޔާރަކު ޒނ ކުރިކަމަށް ބުނެފައި އަމިއްލަ އެދުމާ ޖެހުނީމާ އެފަނޑިޔާރު ޙިމާޔަތްކުރަން އުޅުނު ޢިއްޒަތްތެރި މެންބަރަކީ އެއީތޯ ޙައިލަމް ކުރެއްވި ޓްވީޓުގައި އެއްސުވުމާ ގުޅިގެން، ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވެމުން އައި ރައްދުތައް "ހޫނު" ޒުވާބަކަށް ބަދަލުވެގެން ދިޔައީކަން ފާހަގަކޮށްލެވެއެވެ.

"ފަނޑިޔާރުކަމުގައި ތިބެވޭނީ ތިޔަ ބޭފުޅުންގެ ސިޔާސީ ޙަރަކާތްތަކަށް ވާގިދީ އެކަންކަމަށް މަގުފަހިވާނޭހެން ސިޔާސީ ޑީލް ހައްދަވާ ބޭފުޅުންނަށްކަން އެނގޭ. 1 ފެބްރުއަރީ އަމުރުން ތިޔަ ބޭފުޅުން ބޭނުންވި ނަތީޖާ ޙާޞިލްވިނަމަ ޢަލީ ޙަމީދު މިއަދުވެސް ހުންނާނީ އެމަޤާމުގައި."

އަލީ ޙަމީދާއި ޢަބްދުﷲ ދީދީއާއި އަދި ހައިލަމަކީ ވެސް ފަނޑިޔާރުކަން ކުރުމުގައި އިނދެވިގެން ވާނޭބައެއް ނޫންކަމަށާއި، ދެން ކޯޗެކޭތޯ ތި ކިޔަނީ އައްސަވައި މެންބަރު އިންތި ޙައިލަމަށް ދެއްވި ރައްދާއި ގުޅިގެން ޙައިލަމް ވިދާޅުވެފައި ވޭމެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *