Ad
ފެލިވަރުގައި މަސްވެރިން ކުރަމުންގެންދާ މުޒާހަރާ "ހަންމަތަ" ކުރުމަށް އިތުރު ފުލުހުން ނައިފަރުން ފެލިވަރަށް ދިއުމަށް ތައްޔާރުވަނީ-: ފޮޓޯ: މަސްވެރިން

މަސްވެރިން ކުރަމުން ގެންދާ މުޒާހަރާ "ހަންމަތަ" ކުރުމަށް އިތުރު ފުލުހުން ފެލިވަރަށް

މަސްވެރިންނަށް ދިމާވާ ދަތިތަކަށް އެކަށީގެންވާ ޙައްލެއް ނުލިބުމާއެކު އެކަންކަމަށް އަޑުއުފުލައި ދިވެހި މަސްވެރިން ފެލިވަރުގައި ކުރަމުން ގެންދާ މުޒާހަރާ "ހަންމަތަ" ކުރުމަށް އިތުރު ފުލުހުން ފެލިވަރަށް ހިނގައްޖެއެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ބޭނުންކުރަށްވާ ޝީލްޑް ފަދަ ޚާއްސަ އާލާތްތަކާއެކު ފުލުހުން މިހިނދު ފެލިވަރަށް އަރާފައިވާކަމަށް މިނޫހަށް މައުލޫމާތު ދެއްވި ތަފާތު މަޞްދަރުތަކުން މިނޫހަށް ކަށަވަރުކޮށްދީފައި ވެއެވެ.

އަދި، މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް މިނޫހުން ފުލުހުންނާ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވަނީ، ސްޕެޝަލް ގިއަރސް އާއެކު އިތުރު ފުލުހުން ފެލިވަރަށް ނުދާކަމަށެވެ.

"ނަމަވެސް އިތުރު ފުލުހުން އެކޮޅުގައި މިހާރު ހަރަކާތްތެރިވަމުންދަނީ"

އިތުރު ފުލުހުން ފެލިވަރަށް ގޮސްފައިވާކަން ކަށަވަރުކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ފެލިވަރުގެ ޖެޓީ ކޯޑަން ކޮށްފައި ވަނިކޮށް މަސްވެރިން ވަނީ ފުލުހުންގެ ސަފު ފަހަނައަޅައި ރަށުތެރެއަށް އަރާފައެވެ. މާބޮޑު ހަމަނުޖެހުމެއް މިހާތަނަށް ހިނގާފައި ނުވިނަމަވެސް، 100 އެއްހައި މަސްވެރިން މިހިނދުވެސް ފެލިވަރުގައި އިޙްތިޖާޖުކުރަމުން އެބަގެންދެއެވެ.

މަސްވެރިން ފެލިވަރުގައި ކުރަމުންގެންދާ އިޙްތިޖާޖުގައި ފެލިވަރު އޮފީސް ދޮރުމަތީގައި އިށީނދެގެން ތިބިއިރު ކައިރީގައި ފުލުހުން-: ފޮޓޯ: މަސްވެރިން

މިއަދުގެ ވަގުތެއްގައި ފެލިވަރުގައި މަސްވެރިން ކުރަންފެށި މި އިޙްތިޖާޖުގައި މަސްވެރިން  ކުރަމުން ގެންދާ ޑިމާންޑަކީ ރައީސް ޞާލިޙު މަސްވެރިންނާ ބައްދަލުކުރެއްވުމުގެ "ޑިމާންޑް" ކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *