Ad
ކޮންގްރެސްގެ ރައީސާ ނޭންސީ މަޖްލިސްކުރާ ގޭގަައި ރޭގައި-: ފޮޓޯ: ނިއުޔޯކް ޓައިމްސް
ކޮންގްރެސްގެ ރައީސާ ނޭންސީ މަޖްލިސްކުރާ ގޭގަައި ރޭގައި-: ފޮޓޯ: ނިއުޔޯކް ޓައިމްސް

މަރުތަޅު އެޅުވިފައި އޮތް 900 ބިލިއަން ޑޮލަރުގެ ރިލީފް ބިލް ލޮލަށްވެސް ނުފެނި ކޮންގްރެސް އިން ކުއްލިގޮތަކަށް ފާސްކޮށްފި

އެމެރިކާގެ ޤާނޫނު ހަދާ މަޖްލީހުގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް ބޮޑުވެ މަސްތަކަކަށް "މަރުތަޅު" އެޅުވިފައި އޮތް ކޮވިޑް-19 ރިލީފް ބިލު އެމެރިކާގެ ޤާނޫނު ހަދާ މަޖްލިސް ކޮންގްރެސް އިން ރޭ ފާސްކޮށްފިއެވެ.

ގިނަ މަސްތަކަކަށް "ޕާކް" ކޮށްފައިވާ މި ބިލުގެ މަސައްކަތް ކުއްލި ގޮތަކަށް ނިންމުނު ރޭގެ ޖަލްސާ އިންތިހާއަށް ދިގުދެމިގެން ދިޔަ ނަމަސް ،5600 ޞަފްޙާގެ މައްޗަށް އެކުލެވޭ މި ތާރީޚީ ބިލު ކޮންގްރެސް އިން ފާސްކޮށްފައި މިވަނީ، ބިލުގައިވާ އެއްޗެއް ބަލާލުމުގެ ފުރުޞަތުވެސް އެއްވެސް މެމްބަރަކަށް ލިބިވަޑައިނުގެން ހަމަ ކުއްލި ގޮތަކަށެވެ.

ޓްރިލިއަން ޑޮލަރާ ގާތްކުރާ ކޮވިޑް-19 ރިލީފް ޕެކޭޖުގެ މި ބިލު އެމެރިކާގެ ކޮންގްރެސް އިން ފާސްވެގެން ދިއުމާއެކު، ކޮވިޑް-19 ގެ ސަބަބުން "އިނދަ" ޖެހިފައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ޢާންމު ރައްޔިތުންގެ ސީދާ ޖީބަށްވެސް މާލީ އެހީތެރިކަން ލިބިގެންދާނެކަން ކަށަވަރުވީއެވެ.

"އަހަރެން އުންމީދުކުރަނީ މި ފެށޭހަފްތާގެ ކުރީކޮޅުގައި މި ފައިސާ ލިބޭނެކެމަށް. ހަތަރު މެމްބަރުންގެ ޢާއިލާއަކަށް 2400 ޑޮލަރު. ނުހަނު ބޭނުންތެރި ލުޔެއް މިއީ، އެކަމަށް އެންމެ އެކަށޭނަ ބަންދުގެ މި ދުވަސްވަރު" 

ކޮންގްރެސް އިން ފާސްކުރި މި ބިލާބެހޭ ގޮތުން ސީއެންބީސީގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްޓީވަން ވިދާޅުވެފައި ވެއެވެ.

އަންނަ ޖެނުއަރީ މަހުގައި ފެށޭ އެމެރިކާގެ ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިޚާބު ވެވަޑައިގެންފައިވާ ޖޯ ބައިޑެން މި ބިލާބެހޭ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވެފައި ވަނީ، އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހުގައި ރައްޔިތުންނަށް ލިބިގެންދާނެ ކަންކަމަށް ބަލާއިރު މިބަލަކީ އަދި ކުޑަ މިންވަރެއް ކަމަށެވެ. އަދި، އެމަނިކުފާނުގެ ޒަޢާމަތުގައި ޢާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް އިންތިހާއަށް "އަޅާލުން" ލިބިގެންދާނެކަމުގެ ޔަޤީންކަންވެސް އިންތިޚާބީ ރައީސް ބައިޑަން ދެއްވާފައި ވާކަންވެސް ފާހަގަ ކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *