Ad
ދީނީ ޢިލްމުވެރިންގެ ކޯލިޝަން "އިލްމުވެރިންގެ ގުޅުން" އަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ދީނީ ޢިލްމުވެރިން-: ފޮޓޯ: އައިޖީ/ ފޭސްބުކް

"ކްރިސްމަސް" ފަދަ ޣައިރު ދީންތަކުގެ ޢީދުތަކުގައި ބައިވެރިނުވުމަށް ޢިލްމުވެރިންގެ ކޯލިޝަނުން އިލްތިމާސްކުރަށްވައިފި

މާތް ﷲ އަށް ޝިރުކު ކުރުމުގެ ޖަރީމާ ހިންގޭ "ކްރިސްމަސް" ފާހަގަކުރުން ފަދަ ކަންކަމުގައި ބައިވެރިވުމާއި ޝިރުކުގެ ޢަމަލުތައް ހިމެނިގެންވާ އެފަދަ މުނާސަބަތުތަކަށް ހިތްވަރުދީ އެއްބަޔަކު އަނެއްބަޔަކަށް ތަހުނިޔާ ރައްދު ކުރުންފަދަ ކަންކަމަކީ، އެކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑު އަދި ނޭގި ނަމަވެސް ޝިރުކުގެ ނުބައި ފާފައިގެ ތެރެއަށް ވަދެގެންދާނެ ޢަމަލުތަކެއްކަމަށް ވީހިނދު، އެފަދަ ކަންކަމުން ދިވެހި އުންމަތުގެ އެންމެހައި ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުން ދުރުވެ ރައްކާތެރިވެ ތިއްބެވުމަށް، ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިން ނިސްބަތްވެވަޑައިގަންނަވާ "ޢިލްމުވެރިންގެ ގުޅުން" ކޯލިޝަނުން އިލްތިމާސް ކުރަށްވައިފިއެވެ.

ޢިލްމުވެރިންގެ ގުޅުން (އައިޖީ) އިން މިފަދައިން އިލްތިމާސްކުރަށްވާފައި މިވަނީ، ރާއްޖޭގެ ރިސޯޓުތަކާއި އަދިހަމަ މީހުން ދިރިއުޅޭ ބައެއް ރަށްތަކުގައިވެސް ކްރިސްޓިއަނުންގެ ދީނީ އިޙްތިފާލެއްކަމުގައިވާ "ކްރިސްމަސް" ފާހަގަ ކުރުމުގެ ގޮތުން އެ ދީނުގެ ޝިޢާރުތަކާއި އާދަތައް ފާޅުކުރަމުންދާ މައްސަލަތަކެއް ފެންމަތިވެފައިވާ މިދަނޑިވަޅުގައި އެކޯލިޝަނުން ނެރުއްވި ރަސްމީ ބަޔާނެއްގައެވެ.

ދާދިފަހުން ދުނިޔޭގެ އެންމެ މަޤްބޫލު ފަތުުރުވެރި މަންޒިލްގެ އެވޯޑުވެސް ލިބިފައިވާ ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައަކީ ތަފާތު ޢަޤީދާތަކަށް ނިޞްބަތްވާ ފަރާތްތައްވެސް މެއެވެ.

ރިސޯޓުތަކުގެ ގޮނޑުދޮއްތައް ފަހަނައަޅައި ރާއްޖޭގެ ރަށްފުށުގެ ޤުދުރަތީ ރިވެތި ލާމަސީލު ވެށީގެ ބޭނުން ހިފައިގެންވެސް ފަތުރުވެރިކަމުން ޢާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ބީދައިން މިކުޑަކުޑަ ޖަޒީރާ ރަށްތަށް ކަނޑުގެ ބިޔަ ލޮނުގަނޑުގެ އެންމެ ދެތިން ފޫޓު އުސްމިނަށް ލެއްވިގެންވުމީ އިލާހީ ނިޢުމަތަކާއި ރަޙްމަތެއް ކަމުގައި މެނުވީ ނުވާނެކަން ކަށަވަރު ނޫންހެއްޔެވެ.

ލޯކަލް ޓޫރިޒަމްގެ ޞިނާޢަތު ރާއްޖޭގައި ކުރިއަރަމުންދާއިރު، މީހުން ދިރިއުޅޭ ރަށްތަކާއި ހަމައަށްވެސް ފަތުރުވެރިކަން ފޯރާފައިވާ އަދުގެ ޒަމާނުގައި، އެފަތުރުވެރިން ގަޔާކުރުވައި ފަތުރުވެރިކަމުގެ ވިޔަފާރި "ކުރިއަރުވައިގެން" ޑޮލަރާއި ޢާމްދަނީ ރަށްފުށުގެ ރައްޔިތުންގެ ސީދާ ޖީބަށްވެސް ލިއްބައިދިމުމަށްޓަކައި ކަމަށް ބުނެވިގެން، އިސްލާމީ މި މުޖުތަމަޢުގެ ތެރޭގައި ހާމަކަންބޮޑު ގޮތެއްގައި ހިންގޭ ދީނާ ޚިލާފު ޢަމަލުތަކަކީ، ރިޒުޤުދެއްވާ ހަމައެކަނި ފަރާތްކަމަށްވާ މާތް ﷲ ކަނޑައަޅުއްވައި ބަޔާންކޮށްދެއްވާފައިވާ ރިޒުޤު ހޯދުމުގެ ޝަރުޢީ މިންގަނޑާ ޚިލާފުކަމެއްކަމަށް ޢިލްމުވެރިންގެ ބަޔަނުގައި ފާހަގަ ކުރަށްވާފައި ވެއެވެ.

އަދި، ރޯދީގައި ބަރަކާތް އިތުރުވެ ދިރިއުޅުން ތަނަވަސްވެގެން ދާނީވެސް ޙަލާލު މަގު އިޚްތިޔާރުކޮށް ޙަރާމް ކަމެއްގެ ތެރެއަށް ވެއްޓިދާނެ ފަދަ ޝުބުހައެއް އޮތް ކަމެއް ނަމަ އެކަމުން ރައްކާތެރިވެ ދުރުހެލިވެގެންކަން އަޅުގަނޑުމެން އަބަދުވެސް ސަމާލުވާންޖެހޭ ކަމަށްވެސް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ބަޔާނުގައި ރައްޔިތުންނަށް ހަނދާންކޮށްދެއްވާފައި ވެއެވެ.

"އަދި އެފަދަ މުންކަރާތްތައް ހިނގަމުން ދާއިރު، އެކަން އެނގިތިބެ އެކަންކަން ވަންހަނާ ކުރުމަކީ އެންމެ އާދައިގެ ރައްޔިތުންގެ ޙައިސިއްޔަތުން ވިސްނާލަންޖެހޭނެ ކަމެކެވެ. އެހެނީ، އެއީ އެފަދަ ކަންކަން ޢާންމުވެ މި ބިމުގައި އެކަންކަން މޫލުމަށް ދެވޭ ފުރުޞަތަކަށްވުމުގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ހަނދުމަބަހައްޓަން ޖެހެއެވެ."

ޢިލްމުވެރިންގެ މި ބަޔާނުގައި ފާހަގަކުރަށްވާފައި ވޭމެއެވެ.

އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށް މާތް ﷲ ގަންދީ ހުވާކުރައްވައި އެހުވާގެ މަތީގައި ދައުލަތް ހިންގެވުމާއި ދައުލަތުގެ އެކިއެކި މަޤާމުތަކާ ޙަވާލުވެގެން ތިއްބެވި އަދި އެމަތިވެރި ޒިންމާ އެބަޔަކާ މަތިކުރެވިގެންވާ ފަރާތްތަކާއި ސަލާމަތީ ބާރުތަކާ ޙައިސިއްޔަތު ލިބިގެންވާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނަކީ "ކްރިސްމަސް" ފަދަ ދީނާ ޚިލާފު ކަންކަން ޢަމަލީގޮތުން ހުއްޓުވުމުގެ ބާރުލިބިގެންވާ ފަރާތްތައް ކަމަށްވާއިރު އެކަންކަން ޢަމަލީގޮތުން ހުއްޓުވުމުގެ ޒިންމާ ފުރިހަމައަށް ނެންގެވުމަށް، ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ކޯލިޝަނުގެ ބަޔާން ނިންމަވާލައްވަމުން ދިވެހި ދައުލަތުގެ ވެރިންގެ އިތުރުން ސަލާމަތީ ބާރުތަކަށްވެސް އިލްތިމާސްކުރަށްވައި ގޮވާލަށްވާފައި ވާކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *