Ad
އެމްޑީއެން އުވާލުމަށް ގޮވާލައި ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވުނު މުޒާހަރާގެ ތެރެއިން-: ފޮޓޯ: ފަޔާޒް މޫސާ
އެމްޑީއެން އުވާލުމަށް ގޮވާލައި ފާއިތުވެދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވުނު މުޒާހަރާގެ ތެރެއިން-: ފޮޓޯ: ފަޔާޒް މޫސާ

އެމްޑީއެން މައްސަލަައިގެ ތަހުގީގުގެ މައުލޫމާތު ދެވެންނެތްކަމަށް ފުލުހުން ބުނުމާ ގުޅިގެން ޢިލްމުވެރިންގެ ސިޓީއެއް އިސްލާމިކް މިނިސްޓަރަށް

މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވާރކް (އެމް.ޑީ.އެން) އިން ރިޕޯޓު ނެރުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަށްވަމުން ގެންދަވާ ތަހުގީގާބެހޭ ފަހުގެ މައުލޫމާތުތައް ހޯއްދެވުމަށް "ރައްޔިތުންގެ އިއްތިހާދު" ން އެދިލެއްވުމުން އެމައުލޫމާތު އެފަރާތަށް ހާމަކުރެވެން ނެތްކަމަށް ފުލުހުން ވިދާޅުވުމާ ގުޅިގެން، ރާއްޖޭގެ ދީނީ ޢިލްމުވެރިންތަކެއްގެ ނަމުގައި އިސްލާމިކް މިނިސްޓަރަށް ސިޓީއެއް ފޮނުއްވައިފިއެވެ.

ޑިމޮކްރެސީ އާއި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރުމުގެ ނަމުގައި ރާއްޖޭގައި ހަރަކާތްތެރިވަމުން ގޮސްފައިވާ އެމްޑީއެން އިން އިސްލާމް ދީނާ ޚިލާފު ރިޕޯޓެއް ނެރުނު މައްސަލައާއި ގުޅިގެން ފުލުހުން ފެއްޓެވި ތަހުގީގުގެ މައުލޫމާތު ފުލުހުން މީގެ ކުރިން ހާމަކޮށްފައި ވީނަމަވެސް، އެ ޖަރީމާއާ ގުޅިގެން އެކަށީގެންވާ ފިޔަވަޅެއް އެޅޭތަން ފެންނަމުން ނުދާތީވެ އެ މައްސަލައިގެ ތަހުގީގުގެ އަދާހަމަ ހޯއްދެވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ އިތުރުން މަދަނީ ޖަމިއްޔާތައް އެކުވެގެން އުފައްދާފައިވާ "ރައްޔިތުންގެ އިއްތިހާދު" ކޯލިޝަނުގެ ފަރާތުން މީގެ މަސްތަކެއް ކުރިން ލިޔުމުން ފުލުހުންގެ ކިބައިން އެދިފައި ވެއެވެ.

އެހެންނަމަވެސް، އެ އިއްތިހާދުގެ އެދިލެއްވުމަށް ފުލުހުން ދެއްވާފައިވާ ޖަވާބަކީ، ފުލުހުން ތަހުގީގުކުރަށްވާ މައްސަލަތަކާ ގުޅޭ މައުލޫމާތުތައް ހާމަކުރަނީ އެމައްސަލައެއްގައި ހިމެނޭ ފަރާތްތަކަށް ކަމަށެވެ.

ރާއްޖޭގެ ދީނީ 20 ޢިލްމުވެރިއަކު ސޮއިކުރަށްވައި އެބޭފުޅުންގެ ނަންމަތީގައި އިސްލާމިކް މިނިސްޓަރަށް މިއަދު ސިޓީ ފޮނުއްވެވި ސަބަބަކީ، އެ ތަހުގީގާ ގުޅޭ މައުލޫމާތު ފުލުހުންގެ ކިބައިން ލިބިފައި ނުވުންކަން ބަޔާންކޮށްފައިވާ މި ސިޓީގައި ޢިލްމުވެރިން އެދިވަޑައިގެންފައި ވަނީ، އެމްޑީއެންއިން  ރިޕޯޓު ނެރުނު  މައްސަލައިގެ ތަޙްޤީޤު މިހާރު ކުރިޔަށް ގޮސްފައި ވަނީ ކިހާ ހިސާބަކަށްތޯ ސާފުކޮށްދެއްވުމެވެ.

އިސްލާމް ދީނަށް ތައުހީނުކޮށް އެދީނުގެ ބައެއް އަސާސްތަކަށް ފަޅުކަން ބޮޑުގޮތެއްގައި އިންކާރުކޮށް ދިވެހިންތަކެއް އިސްވެތިބެ ދިވެހި ބަހުން ނެރުނު މި ރިޕޯޓާ ގުޅިގެން ރާއްޖޭގެ އެންމެހައި ދީނީ ޢިލްމުވެރިންގެ އިތުރުން ޢާންމު ގިނަ ރައްޔިތުންތަކެއްގެ ނުރުހުމާއި ފާޑުކިޔުން އެޖަމާއަތައް އަމާޒުވެދިއުމުން ދިވެހި ސަރުކާރުން ވަނީ އެޖަމިއްޔާ "ރަސްމީކޮށް' އުވާލަށްވާފައެވެ. އަދި އެ މައްސަލަ ފުލުހުން ވަނީ ތަހުގީގުކުރަށްވަން ފައްޓަވާފައެވެ.

އެހެންނަމަވެސް، އެމްޑީއެން އުވާލިތާ މިހިނދު އަހަރެއް ފާއިތުވެގެން ގޮސްފައި ވީނަމަވެސް، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާވެސް ޚިލާފަށް ހިންގާފައިވާ މި ޖަރީމާ ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުއްވުމުގައި މުޅި ދައުލަތްވެސް ފަހަތުފަޔަށް ބުރަވެފައި ވާތީވެ ދީނީ ޢިލްމުވެރިންނާ އިދިކޮޅު ސިޔާސީ ފަރާތްތަކުގެ އިތުރުން ޢާންމު ރައްޔިތުންގެ ގިނަބަޔަކުވެސް އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް އަމާޒުކުރަށްވައި އިންތިހާ ފާޑުކިޔުމާއެކު ނުރުހުންތެރިކަން ފާޅުކުރަމުންވެސް ގެންދާކަން ފާހަގަ ކޮށްލެވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *