Ad
މިޔަރެއް ކަންނެލީގައި ހިފަނީ-: ފޮޓޯ: އިންސްޓަގްރާމް
މިޔަރެއް ކަންނެލީގައި ހިފަނީ-: ފޮޓޯ: އިންސްޓަގްރާމް

މިޔަރުގެ ސަބަބުން ލިބޭ ގެއްލުން ދަނީ އިތުރުވަމުން، ކިތަންމެ ދުވަހަކު 50 ކިލޯގެ ކަންނެލި އެބަ ކާލާ: މަސްވެރިންގެ ޔޫނިއަން

މިޔަރުގެ ސަބަބުން ލިބޭ ގެއްލުން ދަނީ އިތުރުވަމުން ކަމަށާއި ކިތަންމެ ދުވަހަކު 50 ކިލޯ ބަރުދަނުގެ ކަންނެލި އެބަ ކާލާކަމަށް ބުނެ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ، ޅ. އަތޮޅުގެ ކަނދުފައްޗެއްގެ ކައިރީގައި މިއަދު މަސްބާނަމުން ދިޔަ ދޯންނަކުން މޫދަށް ވެއްޓުނު މަސްވެރިއެއް ހަމަ ވެއްޓުމާއެކު އޭނާގެ ގައިގާ މިޔަރު ހިފައި ބޮޑެތި ޒަހަމްތަކެއް ލިބި ނުރައްކާތެރި ޙާލަތަކަށް ދިއުމުގެ ސަބަބުން ކުއްލި ޙާލަތުގައި ނައިފަރަށް ގެންދެވި އިތުރު ފަރުވާދެވެމުންދާ ދަނޑިވަޅެއްގައި ދާދި ދެންމެ ކުރި ޓްވީޓެއްގައެވެ.

މިޔަރުގެ މަސްވެރިކަމަކީ މީގެ ކުރިން ރާއްޖޭގައި ކުރެވެމުން އައި މަސްވެރިކަމެއް ނަމަވެސް މިހިނދު އެކަން މަނާކޮށްފައިވުމުން މިޔަރުތަކާ ހުރެ މަސްވެރިކަން ކުރުމަށް އުނދަގޫތައް ކުރިމަތިވަމުން އާދެއެވެ. ބުރަ މަސައްކަތާއެކު މަސްވެރިން ބާނަމުންދާ ބޮޑެތި ގޮދާ ފެނުން މައްޗަށް ހެޔޮކޮށް ނުކެނޑެނިސް ކާލުމާއި، ބާނައިގެން ދޯންޏަށް ނަގަން ގެންނަ ބޮޑެތި ކަންނެލީގެ މެދުން ބައެއް ކާލުމުގެ އިތުރުން މަސްވެރިންނަށް ޙަމަލާދިނުމުގެ ޙާދިސާތަކާވެސް މަސްވެރިން ކުރިމަތިލާން ޖެހުން މިހާރު އިތުރުވަމުން ދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *