Ad
ސަޢުދި ޢަރަބިއްޔާގައި ކޮވިޑް-19 ވެކްސިން ޢާންމުންނަށް ދޭންފެށުން-: ފޮޓޯ: ޢުކާޒް
ސަޢުދި ޢަރަބިއްޔާގައި ކޮވިޑް-19 ވެކްސިން ޢާންމުންނަށް ދޭންފެށުން-: ފޮޓޯ: ޢުކާޒް

ސަޢުދީގައި ޢާންމުންނަށް ކޮވިޑް-19 ވެކްސިން ދޭން ފައްޓައިފި

މެދުއިރުމަތީގެ މުއްސަނދި ޢަރަބި އިސްލާމީ ދައުލަތެއް ކަމުގައިވާ ސަޢުދި ޢަރަބިއްޔާގައި ޢާންމުންނަށް ކޮވިޑް-19 އިން ރައްކާތެރިކޮށްދޭ ވެކްސިން ދޭން ފައްޓައިފިއެވެ.

ސަޢުދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިއަދު މެންދުރުގެ ވަގުތެއްގައި މިވަނީ އެގައުމުގައި ޢާންމުރައްޔިތުންނަށް ވެކްސިން ދޭން ފައްޓާފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ލިބިގެންދިޔަ މީހަކީ ޢުމުރުން 60 ގެ އަހަރުގެ ތެރޭގައި ހިމެނޭ ސަޢުދީ ފިރިހެނެކެވެ.

ސަޢުދި ޢަރަބިއްޔާއިން އޯޑަރުކުރި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް އެގައުމަށް މިއަދު ހަމަ ލިބުމާއެކު ޢާންމުންނަށް ވެކްސިން ޖަހަން ފަށާފައި ވާއިރު، ކޮވިޑް-19 ވެކްސިން ދިނުމަށް ޖިއްދާގެ ކިންގް ޢަބްދުލް ޢަޒީޒު އެއަރޕޯޓުގައި އެކަމަށް ޚާއްޞަކުރެވިގެން މަރުކަޒެއް ޤާއިމުކުރެވިފައި ވޭމެއެވެ.

ސަޢުދި ޢަރަބިއްޔާގައި ޢާންމުކޮށް ދޭންފަށާފައި މިވަނީ ފައިޒާ-ބަޔޯއެންޓެކް ކުންފުނި ގުޅިގެން އުފައްދާފައިވާ، ކޮވިޑް-19 އަށް ޚާއްޞަކޮށްގެން އުފެއްދުނު އެންމެފުރަތަމަ ވެކްސިންކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *