Ad
ނަސްފަރު ޙުސައިން ރަޝީދުގެ ބައްޔަށް ފަރުވާކުރުމަށް އެހީތެރިކަން ހޯދުމަށް ރަޝީދުބެގެ ފޮޓޯއާއި އެކައުންޓްގެ މައުލޫމާތާއެކު ހެދިފައިވާ ޕޯސްޓަރެއް
ނަސްފަރު ޙުސައިން ރަޝީދުގެ ބައްޔަށް ފަރުވާކުރުމަށް އެހީތެރިކަން ހޯދުމަށް ރަޝީދުބެގެ ފޮޓޯއާއި އެކައުންޓްގެ މައުލޫމާތާއެކު ހެދިފައިވާ ޕޯސްޓަރެއް

އެދުވަހު ވެދެއްވީ މަދަދުގާރު! މިއަދު ވެދޭންވީ މަދަދެއް!

ދުނިޔެވީ ޙަޔާތަކީ އިމްތިޙާނުގެ ގޮވައްޗެވެ. ޢިބުރަތުގެ މަކާނެވެ. އުޚްރަވީ ޙަޔާތައް ގޮވާންކުރުމުގެ މަޙައްލުވެސް މެއެވެ.

އިންސާނާގެ ދިރިއުޅުމުގައި ތަފާތު ކަންކަމާ ދިމާވެދެއެވެ. ކާމިޔާބާއި ފަލާޙެވެ. އިމްތިޙާނުކުރެއްވުމުގެ މަޞާއިބުތަކެވެ. ފަރުދީ ސިފައެއްގައާއި ޖަމާޢީ ގޮތެއްގައިވެސް މެއެވެ. އުޚްރަވީ ޙަޔާތުގައި އަމިއްލަ ނަފްސަށް ފަލާޙު މިންވަރުވެގެންދާނެ ކައްފާރާއެއްގެ ގޮތުގައި ވެސްމެއެވެ. މީސްތަކުން ޢިބުރަތް ޙާޞިލުކޮށް އެއްބައެއް އަނެއްބައަކަށް އެހީތެރިކަމާއި އަޚްވަންތަކަން ދެއްކުމުުގެ މަގުތަނަވަސް ވެގޮސް، މުޖުތަމަޢުއަކީ އެއްބިނާއެއްގެ ގޮތުގައި، މުސްލިމުންނީ އެއްހަށިގަނޑެއްގެ ގޮތުގައި ލެއްވިގެންވާ ބައެއްކަން މީސްތަކުންނަށް ހަނދުމަކޮށްދެއްވުމުގެ ޙިކުމަތުގައިވެސް މެއެވެ.

ނަސްފަރު ރަޝީދުބެ އޭ ބުނެވޭ އަޑު އިވިއްޖެނަމަ އެބުނެވެނީ ކޮންފަރާތެއްގެ ނަންކަން އިހަވަންދޫގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށްވެސް އެނގި ކަށަވަރުވާނެއެވެ. ދުވަސްވީ މީހުންގެ ހިތައް ތަޞައްވަރުވާނީ މުދިމު ޙުސައިން ރަޝީދެވެ. ޒުވާނުންނަށް އެނގިގެންދާނީ މަދަނީ ޖަމިއްޔާއެއްގެ މުއައްސިސު ހުސައިން ރަޝީދުބެ ގޮތުގައެވެ. ބެލެނިވެރިންނަށް ނުވަތަ ކަނބަލުންނަށް އެނގިގެން ދާނީ ސްކޫލް ޕީޓީއޭގެ ދުވަސްވީ ނައިބު ރައީސްގެ ގޮތުގައެވެ. ތުއްތު ކުދިންނަށް އެނގިގެންދާނީ، އުފަން ނޫނަސް ބައްޕައެއްފަދަ އޯގާތެރި ބޭބެ އެއްގެ ގޮތުގައެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިފުޅަކާއެކު ހަތަރުވަރަކަށް ދަރިންގެ ބައްޕައެއްކަމުގައިވާ ރަޝީދުބެގެއަށް ދިމާވަމުން ދިޔަ ޞިއްޙީ މައްސަލަތަކާއެކު އެނގިގެންދިޔައީ ރަޝީދުބެވެސް މިވަނީ ދުނިޔެމަތީގައި އިތުރު އިމްތިޙާނަކާ ކުރިމަރިމަތި ލާންޖެހިފައި ކަމެވެ. ރަޝީދުބެގެ ދެ ކިޑްނީ ފެއިލްވެ، ދިރިހުރުމައްޓަކައި ޑައިލިސިސްގެ ވަގުތީ ފަރުވާއަށް ބޭނުންޖެހިފައި ވެއެވެ. ބޮޑެތި ޚަރަދާއި އިންތިހާއަށް ވޭނާއެކުވެސް ދާއިމީ ޙައްލަކަށްނުމެވާ ޑައިލިސިސް ހަދަން މަޖުބޫރުވުމުގެ ސަބަބުން ރަޝީދުބެ ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޑައިލިސިސްގެ ކަންކަން  މިހިނދު ފުރިހަމަ ކުރަމުންނެވެ.

ރަޝީދުބެ މިއަދު އުފުލަންޖެހިފައިވާ ތަކްލީފާއި ބުރައާއި އަދި ވޭނަށް ދާއިމީ ޙައްލެއް ލިބެން އޮތް މަގަކީ، ﷲ ގެ ރަޙްމަތައްފަހުގައި، އެކަމަށް ބޭނުންވާ މާއްދީ ސަބަބުކަމުގައިވާ ކިޑުނީ ޓްރާންސްޕްލާންޓް ހެދުމެވެ. އާއިލާގެ ފަރާތުން މައުލޫމާތުދޭގޮތުގައި ރަޝީދުބެއަށް ވަނީ ކިޑްނީ ޑޯނަރ އެއް ލިބިފައެވެ. ރަޝީދުބެގެ މިއަދު އުފުލަންޖެހިފައިވާ ތަކްލީފުތަކާއި ތަހައްމަލު ކުރަންޖެހިފައިވާ ވޭންތަކަށް ނިމުމެއް އައުމުގައި، ﷲ ގެ ރަޙްމަތަށް އުންމީދުކުރަމުން ގެންދާ ޙާލު، ދުނިޔެވީ ސަބަބެއްގެ ގޮތުގައި އެދެމުންދަނީ އެންމެހައި އަޚުންނާއި އުޚްތުންގެވެސް ދީލަތި އެހީތެރިކަމަކަށެވެ.

ކީރިތި ޤުރުއާނުގައި ސަބާ ސޫރަތުގެ 39 ވަނަ އާޔަތުގައި މާތް ﷲ ގެ ވަޙީބަސްފުޅުގައި ވެއެވެ.

﴿قُلْ إِنَّ رَبِّي يَبْسُطُ الرِّزْقَ لِمَن يَشَاءُ مِنْ عِبَادِهِ وَيَقْدِرُ لَهُ ۚ وَمَا أَنفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ ۖ وَهُوَ خَيْرُ الرَّازِقِينَ﴾

(ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ، އެކަލާނގެ އަޅުންގެ ތެރެއިން އިރާދަކުރައްވާ އަޅަަކަށް رزق ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ (އިރާދަކުރައްވާ) އަޅަކަށް (رزق) ދަތިކުރައްވަތެވެ. އަދި ތިޔަބައިމީހުން (އެކަލާނގެ މަގުގައި) ހޭދަކުރި ކޮންމެ އެއްޗަކަށް، އެކަލާނގެ އޭގެ ބަދަލު ދެއްވަތެވެ. އަދި އެކަލާނގެއީ، رزق ދެއްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.)

އަދިހަމަ، ބަޤަރާ ސޫރަތުގެ 272 ވަނަ އާޔަތުގައި އެއިލާހުގެ ވަޙީބަސްފުޅުގައި ވެއެވެ.

﴿وَمَا تُنفِقُوا مِنْ خَيْرٍ فَلِأَنفُسِكُمْ ۚ وَمَا تُنفِقُونَ إِلَّا ابْتِغَاءَ وَجْهِ اللَّهِ ۚ وَمَا تُنفِقُوا مِنْ خَيْرٍ يُوَفَّ إِلَيْكُمْ وَأَنتُمْ لَا تُظْلَمُونَ﴾

(އަދި، ތިޔަބައިމީހުން މުދަލުގެ ތެރެއިން ހޭދަކުރާ އެއްޗެއް (ގެ ثواب) ލިބޭހުށީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި، اللَّه ގެ وجه ފުޅު އެދިގެން މެނުވީ، ތިޔަބައިމީހުން ހޭދައެއް ނުކުރަމުއެވެ. އަދި، މުދަލުން ތިޔަބައިމީހުން ހޭދަކުރާ އެއްޗެއް (ގެ ثواب އާއި ދަރުމަ) ފުރިހަމައަށް ތިޔަބައި މީހުންނަށް ލިބޭނެތެވެ. އަދި، ތިޔަބައިމީހުންނަށް ބޭއިންސާފެއް ނުކުރައްވާ ހުށްޓެވެ.)

މުސްލިމަކު ބަލިވެ ބޭސްފަރުވާ ކުރުމަށް ބޭނުންޖެހޭ ހިނދު، އެކަމަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރެވޭ ހޭދައަކީ، އިސްވެ ދިޔަ ދެ އާޔަތުގައި ބަޔާންކުރެވިފައިވާ، ﷲ ގެ މަގުގައި އަދި އެއިލާހުގެ ވަޖުހުފުޅަށްޓަކައި ކުރެވޭ ހޭދަކަމުގައި ވެގެންދާނެކަމާމެދު އިސްލާމީ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ.

ވީހިނދު، ޟަރޫރީ ބޭސްފަރުވާ ކުރުމަށް އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރާތަކަށް އެހީތެރިވުމަށް ހޭދަކުރެވޭ މިންވަރަކީ ތިބާގެ މުދަލުން، މައުނަވީ އަދި މާއްދީގޮތުންވެސް މަދުވެ ނުވަތަ އުނިވެގެންދާނެ އެއްޗެއް ނޫންކަން ކަށަވަރެވެ. މަޢުނަވީ ގޮތުން އިތުރުވެގެންދަނީ، އަގުނުކުރެވޭނެ ބަދަލެއްގެ ގޮތުގައި އެތަކެއް ގުނައަކަށް ސަވާބާއި ދަރުމަ ލިބިގެންނެވެ. މާއްދީ ގޮތުން އިތުރުވެގެން ދަނީ، މުދަލުގައި ބަރަކާތްލެއްވި އެމުދާ އިތުރުވެގެން އިތުރަށް ތަނަވަސްވެގެންނެވެ.

މާތް ﷲ ގެ ފަޟްލުވަންތަކަމުގެ މިންވަރުތައް ޙަވާލުކުރެވިގެންވާ ފަރާތްތަކުން، އެއިލާހުގެ ޙަޟްރަތުގައި އެތައް ސަތޭކަ ގުނައަކަށް "އިންޓަރެސްޓް" ލިބިގެންދާނޭ "ވިޔަފާރި" ގައި "އިންވެސްޓް" ކުރަށްވާށެވެ. އިޚްލާސްތެރި ނިޔަތަކާއެކު ކެރިކުޅަދާނަ މިންވަރަކުން ﷲ ގެ މަގުގައި ހޭދަކުރުމަށް ފަސްނުޖެހޭށެވެ. ހޭދައަކުން އެހީވުމުގެ ތަނަވަސްކަން ނެތް ފަރާތެއްނަމަ އިޚްލާސްތެރި ހެޔޮ ދުޢާކޮށްދޭށެވެ.

އިރުވަރު ޓީމުގެ ދުޢާއަކީ ރަޝީދުބެގެ ބައްޔަށް އަވަސް ޝިފާއެއް މިންވަރުވެގެން ދިއުމެވެ. އަދި އެކަމަށް އެންމެހައި މަގުތައް ފަހިވެ ތަނަވަސް ވެގެންދިއުންވެސް މެއެވެ.

އެހީތެރިވެދެއްވުމަށް ބޭނުންވާ ފަރާތްތަކުން: 

7714250915101( MVR)
HUSSAIN RASHEED

7730000177462 (USD)
Aminath Nifleen

އިތުރު މައުލޫމާތު: 9466712 (ޙުސައިން ރަޝީދު/އައިމިނަތު ނިފްލީން)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *