Ad
އިޒްރޭލުން ހުކުރުދުވަހު ދިން ހަމަލާގައި ފަލަސްތީނުގެ މިސްކިތަކަށް ގެއްލުންތައް ލިބިފައި-: ފޮޓޯ: އާޔާ
އިޒްރޭލުން ހުކުރުދުވަހު ދިން ހަމަލާގައި ފަލަސްތީނުގެ މިސްކިތަކަށް ގެއްލުންތައް ލިބިފައި-: ފޮޓޯ: އާޔާ

އިޒްރޭލުން ފަލަސްތީނުގެ މިސްކިތަކަށް ހަމަލަދީފި

މެދުއިރުމަތީގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެ އަތްގަދަކުރަމުންދާ ޔަހޫދީ ދައުލަތް އިޒްރޭލުން ފަލަސްތީނުގެ މިސްކިތަކަށް ވައިގެ ހަމަލާއެއް ދީފިއެވެ.

ފަލަސްތީނުގައި މަސައްކަތް ކުރަށްވާ ފްރީލާންސް ނޫސްވެރިންގެ އިތުރުން މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ މަންސަތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިޒްރޭލުން ފަލަސްތީނުގެ މިސްކިތަކަށް މިހަމަލާ އަމާޒުކުރީ ހުކުރު ދުވަހުގެރޭގެ ވަގުތެއްގައެވެ.

ފަލަސްތީނުގެ މުސްލިމުން ކުޑަކުދިންނާއި އުޚްތުންނާއި ދުވަސްވީ މީހުންނާއި އަދި ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށްވެސް، ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ބަޑީގެ ހަމަލާތައްދީ ޝަހީދުކޮށްލުމަކީ އެއުރެންގެ ޘަޤާފަތެއް ކަހަލައެވެ. ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ދަނޑުބިންތަކާއި މަދަރްސާތަކާއި މިސްކިތްތަކަށް ޙަމަލާދީ ގެދޮރަށްދާންދެން ސުންނާފަތިކޮށް ބިމާހަމަކުރުމަކީ އެއުރެންގެ އާދައެއެވެ.

ނަމަވެސް، ނިރުބަވެރި އިޒްރާއީލުގެ އަނިޔާވެރި ޢަމަލުތަކަށް ބައިނަލް އަޤްވާމީ ފަންތީގައި ބީރުކަންފަތެއް ދެވެމުންދިއުމާއި، ދުނިޔޭގެ ފެންވަރުގެ މީޑިއާތަކުން ކަނުލޮލެއް ދެމެންގެންދިއުމުގެ ސަބަބުން އިޒްރޭލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކުގެ ކުޑަމިންވަރެއް މެނުވީ ދުނިޔެއަށް ހާމަވެގެން ނުދެއެވެ.

މެދުއިރުމަތީގެ ސުލްޙައަށްކަމަށް ބުނެ ޔަހޫދީ ދައުލަތް އިޒްރޭލާއެކު ޢަރަބި މުސްލިމު ދައުލަތްތަކުން ގުޅުން ބަދަހިކުރަމުން ދިޔަނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ޞުލްޙައެއް އަދި އަމާންކަމެއްވެސް ލިބިގެންދާތަން ނުފެނެއެވެ. ފާއިތުވެދިޔަ ހަފްތާގައިވެސް އިޒްރޭލުން މިވަނީ ފަލަސްތީނުގެ ޣާޒާ ސިޓީއަށް ބޮންއަޅަން ފަށާފައިކަންވެސް ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *