Ad
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުނު އިބްރާހީމް އިސްމާޢީލާއި އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އެރުވުނު ބަދުރުއްނަޞީރު ރޭގެ ޙަފްލާގެ ތެރެއިން ރައީީސް ޞާލިޙުގެ އަރުހުގައި-: ފޮޓޯ:ރައީސް އޮފީސް
ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުނު އިބްރާހީމް އިސްމާޢީލާއި އަދި ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އެރުވުނު ބަދުރުއްނަޞީރު ރޭގެ ޙަފްލާގެ ތެރެއިން ރައީީސް ޞާލިޙުގެ އަރުހުގައި-: ފޮޓޯ:ރައީސް އޮފީސް

އިބްރާހީމް އިސްމާޢީލާއި ބަދުރު ނަޞީރަށް ދިވެހި ދައުލަތުގެ ޢިއްޒަތް އަރުވައިފި

ދިވެހިދައުލަތަށް ގިނަ ދުވަސްތަކަކަށް ޚިދުމަތްކޮށްދެއްވާފައިވާ ދެބޭފުޅުންކަމުގައިވާ، މާފަންނު މަޚްމާވިލާ އިބްރާހީމް އިސްމާޢީލް ޢަލީއާއި އަދި މައްޗަންގޯޅީ ވިލުވެލި ބަދުރުއްނަޞީރަށް ދައުލަތުގެ ޢިއްޒަތުގެ ޝަރަފު އަރުވައިފިއެވެ.

މިދެބޭފުޅުންނަށް ޢިއްޒަތުގެ ޝަރަފު އަރުވައިދެއްވީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށް ނިސްބަތްކުރެވޭ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އެރުވުނު އިބްރާހީމް އިސްމާޢީލް ޢަލީއަކީ ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީތަކެއް ހާސިލުކުރެއްވުމުގެ އިތުރުން ކުޅިވަރު ކުރިއެރުވުމާއި އަދިހަމަ ކުޅިވަރު ތަރައްޤީ ކުރެއްވުމުގައި ފާހަގަކުރެވޭ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި، އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނަށް ނިސްބަތްކުރެވޭ ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް (ނ.ދ.ޝ.ޢ) އެރުވުނު ބަދުރުއްނަޞީރަކީ ބްރޯޑްކާސްޓިންގ ދާއިރާއަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ރޭޑިއޯގެ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި ވަރަށް އިސް ދައުރެއް އެމަނިކުފާނު އަދާކުރައްވާފައި ވެއެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ރޭޑިއޯގެ ސިގްނަލް ލިބޭނެގޮތް ހެދުމަށް ފަށައިގެން ކުރިއަށްގެންދިޔަ ޚާއްޞަ މަޝްރޫޢަކީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކުން ހޮވާލެވޭ ޚިދުމަތެއްކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *